Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ރައީސް ޔާމީން ކުށެއް ކުރި ކަމުގެ އެންމެ ހެއްކެއްވެސް ދައުލަތުގައި ނެތް: ވަކީލުން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގައި އެމަނިކުފާނު ކުށެއް ކުރި ކަމުގެ އެއްވެސް ހެއްކެއް ދައުލަތުގެ އަތުގައި ނެތްކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ޖަމީލް ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތަކީ ދިވެހި ދައުލަތް އިސްވެ އޮވެގެން ހިންގާ ބޮޑު ޖަރީމާއެކެވެ.
"ދައުލަތެއް އިސްވެ އޮވެގެން ޖަރީމާއެކޭ މި ދެންނެވީ މި މައްސަލައިގެ ތެރޭގައި ދައުލަތުން ހަގީގަތުގައި ވަރަށް ގިނަ ހެކިތައް ފޮރުވައިގެން އުޅެނީ. ހުރިކަމަށް ގަބޫލުކުރެވޭ ހެކިތައް ދިފާއަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރި ނަމަވެސް ދައުލަތުން އުޅުނީ ފޮރުވައިގެން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
"ދައުލަތެއް އިސްވެ އޮވެގެން ހިންގާ ބޮޑު ޖަރީމާއެކޭ މިއީ. މީކީ އަސްލު ޝަރީއަތެއް ނޫން. ތިބޭފުޅުން މި ރިޕޯޓުކުރާއިރު މިއަށް ޝަރީއަތެކޭވެސް ކިޔާނެ ކަމެއް ނެތް. މިއަށް ހަގީގަތުގައި ކިޔަންވީ އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ އޮވެގެން ރައީސް ޔާމިންގެ މައްޗަށް ހިންގާ އުދުވާނީ ހަމަލާއެއް. އެއީ މީގެ ހަގީގަތް."
ދިފާއީ ހެކި ފޮރުވުމުގެ އިތުރުން، ރައީސް ޔާމީންގެ މައްޗަށް ކުރާ އެއްވެސް ދައުވާއެއްގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގައި ހެކި ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ވަރަށް ކެރިގެން ސާބިތުކަމާއެކު މި ދަންނަވަނީ މީގެން އެއްވެސް ކޭހެއްގައި، އާރަށު ކޭސްގައިވެސް މިހާރު އޮން ގޮއިން ފުއްގިރި ކޭސްގައިވެސް ނިމިގެންދިޔަ ޝަރީއަތުގައިވެސް ސިންގަލް ޕީސް އޮފް އިވެޑެންސެއް ނެތޭ ރައީސް ޔާމީނާ ދެކޮޅަށް. ހަމައެކަނި އޮތްހާވެސް ކަމަކީ ސީދާ ރައީސް ސޯލިހުގެ ވަކި އެޖެންޑާއެކޭ، އެ އެޖެންޑާއަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެއްކިބާ ކުރުމޭ."
ޖަމީލް
"ތިބޭފުޅުން ނޯޓު ކުރައްވާ، ދައުލަތުގެ އަތުގައި ނެތް އެންމެ ހެއްކެއްވެސް. އެންމެ ހެއްކެއްވެސް ނެތް ރައީސް ޔާމީން ކުށެއް ކުރި ކަމުގެ. ސިންގަލް ޕީސް އޮފް އެވިޑެންސް އެއް ނެތް. އެއްވެސް ކޭހެއްގައި ނެތް، އެކަން ފެނިގެން ދިޔައީ ވޮޑުމުއްލާ މައްސަލައިގައި، އެކަން ފެނިގެންދާނެ ވ.އާރަށުގެ މައްސަލައިގައި." ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭއިރު ރައީސް ޔާމީންގެ ޝަރީއަތް އެކަނި ކުރިއަށް ގެންދާކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ ތަންފީޒު ކުރަމުން އެ ގެންދަނީ ރައީސް ޔާމީން ސިޔާސީ މަޝްރަހު އެއްފަރާތް ކުރުމަށް ރައީސް އިބްރާހީމް ގެންގުޅުއްވާ އެޖެންޑާ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މަތިމައްޗަށް ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާތައް އުފުލި ނަމަވެސް މައްސަލަ އެންމެ ފަހުން ނިމިގެންދާނީ ރައީސް ޔާމީނާ ދެކޮޅަށް އެއްވެސް ކޭސްއެއް ނެތްކަން ސާބިތުވެގެންނެވެ.
މި ލިއުމާއި ގުޅޭ