Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

މި ސަރުކާރަށް ޒީރޯ ޓޮލަރެންސްގެ ވާހަކަދެއްކުން ހުއްޓައިލަންޖެހުނީ ފެނަކަ ސައީދާހުރެ: މުޣުނީ

ކުރީ ސަރުކާރުގެ ކޮރަޕްޝަނާ ގުޅުވައިގެން މި ސަރުކާރުން އިއުލާނުކުރި "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތުގެ ވާހަކަދެއްކުން ސަރުކާރުން ހުއްޓައިލި ސަބަބަކީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ކުންފުނިތަކުގެ އެމްޑީންގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމީ އެއް ބޭފުޅާކަމަށްވާ މުޣުނީއަކީ އެމެރިކާއިން ފުރަތަމަ ޑިގުރީއާއި މާސްޓާސް ހާސިލުކުރައްވާފައިވާ ފުލްބްރައިޓް ސްކޮލާޝިޕު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މުޣުނީ މިފަދަ މޭރުމަކުން ސައީދާ ގުޅޭ ގޮތުން ވާހަކަދެއްކެވީ މުޣުނީއަކީ މި ސަރުކާރުގައި ކުންފުންޏެއް ހަވާލުކުރި އެންމެ ނާޤާބިލު ބޭފުޅާކަމަށް ވިދާޅުވެ ސައީދު މުޣުނީއާމެދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ސައީދުގެ ވާހަކައަށް ރައްދުދެއްވައި މުޣުނީވަނީ ފެނަކައިގެ އެމްޑީގެ މަޤާމަށް ސައީދު އައްޔަންކުރެއްވުމުގެ ކުރިން ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާ އޮތް މިންވަރަކީ ކޮބައިކަން ވިދާޅުވެދެއްވުމަށާއި، މެނޭޖުމެންޓުގެ ދާއިރާއިން ސައީދުގެ އިލްމީ ފެންވަރަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި އަމިއްލަ ވިޔަފާރިތަކުގައި ސައީދު އަދާކުރެއްވި ހުރިހާ ވަޒީފާއަކުން ޚިޔާނާތުގެ ތުހުމަތުކުރެވިގެން ވަކިކުރެވުނު ގޮތް ވިދާޅުވެދެއްވުމަށްވެސް މުޣުނީ އެދިވަޑައިގަތެވެ. އަދި ސައީދަކީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ލަދެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

ފެނަކައާމެދު ތުހުމަތުވާ ގިނަ އަދަދެއްގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށްފަހު އޭސީސީން ތައްޔާރުކުރި ރިޕޯޓު ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުގެ ބަދަލުގައި، ރައީސް އޮފީހަށް ފޮނުވުމުގެ ސަބަބުން ރައީސަށް އެ ކޮރަޕްޝަން ދިފާއުކުރައްވަން ޖެހިވަޑައިގަތީ، އެކަމަށް ސައީދު ސީދާ ލޮބީކުރައްވައިގެން ކަމަށްވެސް މުޣުނީ ތުހުމަތުކުރެއްވިއެވެ.

އިތުރަށް މުޣުނީ ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް 30-40 ވަޒީފާ މީހުންނަށް ދެމުންދާތީ ރައީސް އިބްރާހީމް ކޮމްޕްރޮމައިސްވެފައިވާކަމަށް އެކުވެރި ގާތުގައި ވިދާޅުވެ ފޮނިކަނޑުއްވަނީވެސް ސައީދުކަމަށާއި، ސައީދަކީ ކާކުކަމާއި ސައީދުގެ ސަބަބުން ރައީސަށް ލިބެމުންދާ ގެއްލުން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.

އަދި ސަރުކާރުގެ ތަރުޖަމާނެއް މިހާރުވެސް ހުރުމާއެކު ކަންކަމުގައި ބަސްފުޅު ވިދާޅުނުވެ އުފެއްދުންތެރި މަސައްކަތެއް ކުރެއްވުމަށް ސައީދު އަރިހުން މުޣުނީ އެދިވަޑައިގަތެވެ.

ފެނަކައިން ވިޔަފާރިތަކަށް ދައްކަންޖެހިފައިވާ 1.9 ބިލިއަން ރުފިޔާއަށް އިޝާރާތްކުރައްވައި މުޣުނީ ސުވާލުކުރެއްވީ އެ ކުދި ވިޔަފާރިތަކުގެ ފައިސާ ފެނަކައިން ހިފަހައްޓަމުންދާތީ ބަނގުރޫޓުވަމުންދާ ކުންފުނިތަކަށް އެ ފައިސާ ދެއްކެވުން ކިހިނެއްވާނެތޯއެވެ.

މި ލިއުމާއި ގުޅޭ