Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ހަރުކަށި ފިޔަވަޅުތަކާއެކު އާޒިމް އެމްޑީޕީން ވަކިކޮށްފި

ހަރުކަށި ފިޔަވަޅުތަކަކާއި ޝަރުތުތަކަކާއެކު ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ވަކިކޮށްފިއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން މެންބަރު އާޒިމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ބަލައި ނިންމިގޮތުގެ ރިޕޯޓު އެ ޕާޓިން މިހާރު ވަނީ އާއްމުކޮށްފައެވެ.

އެ މައްސަލަ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ 15 މޭއި 2023 ވަނަ ދުވަހުއެވެ.

އަލީ އާޒިމް އެމްޑީޕީން ވަކިކުރަން ނިންމާފައިވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ. ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އާޒިމް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕާޓީގެ އަަސާސީ ޤަވާއިދާއި ހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ފާހަގަވެފައިވާތީ، އެކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅައިދިނުމަށެވެ.

އާޒިމާއި ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި ބަންޑާރަ ނާއިބުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ސޮއިކުރުމާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއަށް ފާޑުކިޔައި ސަރުކާރާއި ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ބައިވެރިވުން ހިމެނެއެވެ.

އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން ކޮމިޓީއަށްވެސް ކަށަވަރުކުރެވިފައިވާކަމަށެވެ.

އެގޮތުން ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ބޭފުޅެއްކަމަށްވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައެއްގައި އާޒިމް ސޮއިކުރެއްވުމަކީ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅަށް ކުރެއްވިކަމެއްކަމަށް އާޒިމްގެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވެއެވެ.

އަދި ޕާޓީގެ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވުމަކީ ޕާޓީގެ މެންބަރުކަމުން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްކަމުގައިވެސް އެ ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ އާޒިމް އެމްޑީޕީގެ މެމްބަރުކަމުން 1 އަހަރު ދުވަހުގެ މުއްދަތަށް ވަކިކުރުމަށެވެ. އަދި އެ މުއްދަތު ނިމުމުން އޭނާއަށް ޕާޓީއަށް އަލުން ވަދެވޭނީ 100 މީހުންގެ ފޯމް ހުށަހެޅުމުންކަމަށްވެސް ކޮމިޓީގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެތެރޭގެ މަގާމަކަށްވެސް، އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި އާޒިމްއަށް ބައިވެރިނުވެވޭނެކަމަށްވެސް އެ ކޮމެޓީން ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ