Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

އާޒިމް ވަކިކުރުމާއި ގުޅިގެން ޖަމީލް: ގޮށްމުށުގެ ބާރު އޯކޭވީތޯ؟ ކޮރަޕްޝަނާ ދެކޮޅުވުން ކުށެއްތޯ؟

ގޮށްމުށުގެ ބާރު ވެރިކަން ކުރާ އެމްޑީޕީއަށް މިހާރު "އޯކޭވީތޯ؟" އާއި ކޮރަޕްޝަނާ ދެކޮޅުވުން އެއީ ކުށެއްތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދަވައިފިއެވެ.

ޑރ. ޖަމީލް މިފަދައިން ސުވާލު އުފައްދަވާފައިމިވަނީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާކަމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމު ވަކިކުރުމުން ސާފުވީ އެމްޑީޕީއަކީ މިއަދު ސީދާ ޒައިމްވަންތަ ޕާޓީއެއްކަން ކަމަށެވެ.

އަދި އެޕާޓީގެ ރިޔާސީ ވަޢުދު ޕާޓީގެ އަސާސީގަވާއިދުގެ 19 މާއްދާއާ ޚިލާފުތޯ އައްސަވާ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން ގޮށްމުށުގެ ބާރު މިހާރު އޯކޭވީތޯ އާއި ކޮރަޕްޝަނާ ދެކޮޅުވުން އެއީ ކުށެއްތޯވެސް ޑރ. ޖަމީލް ސުވާލުކުރައްވާފައިވެއެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާކަމަށް ނިންމާފައިވަނީ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އާޒިމާމެދު ފިޔަވަޅުއެޅުމަށް އެދުމާ ގުޅިގެން ރޭ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގެ 19 ވަނަ މާއްދާއާ އާޒިމު ޚިލާފުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ނުވަތަ އެހެން ޕާޓީއަކުން އެމްޑީޕީގެ ސަރުކާރަކާ ދެކޮޅަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ޕާޓީގެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އާޒިމާމެދު ފިޔަވަޅުއަޅަން ހުށަހަޅާފައިވަނީ ޗާގޮސް މައްސަލައާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ޕާޓީތައް ނޫން ހުރިހާ ޕާޓީތައް ހިމެނޭ ގޮތައް އެކުލަވައިލާފައިވާ ކޯލިޝަނުގެ އެކި ހަރަކާތްތަކުގައި އާޒިމް ބައިވެރިވެވަޑައިގަންނަވާތީއެވެ.
މި ލިއުމާއި ގުޅޭ