Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްހާން ފަހުމީ

އަލްހާންގެ ސްކޭމަށް ފައިސާ ދިން މީހަކަށް އަނބުރާ ފައިސާ ދޭން ހުކުމްކޮށްފި

ކުރީގެ މަޖިލީސް މެމްބަރު އަލްހާން ފަހުމީ ހިއްސާވާ ކުންފުނި ކިންގްސް ކެޕިޓަލްއިން ހިންގި ސްކޭމަށް ފައިސާ ދިން މީހަކަށް އަނބުރާ ފައިސާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެގޮތުން ސިވިލް ކޯޓުން މިއަދު އަންގާފައިވަނީ ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދެއްކުމަށެވެ.

ފައިސާ އިންވެސްޓްކުރި މީހުންގެ ތެރެއިން އެކަކު އިންވެސްޓްކުރި 100،000ރ. ތެރެއިން 90،000ރ. އަނބުރާ ނުދިން މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކޯޓުން މިއަދު ހުކުމްކުރީ މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.
ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ. އެކަމަކު ބޭންކް އެކައުންޓްތައް ހިފެހެއްޓި މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އެކަން ބީއެމްއެލްއިން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި މިހާރު އޮތީ އިސްތިއުނާފްކޮށްފަ އެވެ.

އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގު ފެށުމުން ގިނަ ބަޔަކަށް ފައިސާ ނުލިބި ވަނީ ތާށިވެފަ އެވެ.

މި ލިއުމާއި ގުޅޭ