Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

އާޒިމާއި ފިކުރެއްގެ ދިރުމުގެ އިތުރު ހަތަރު މެންބަރަކަށް ފިޔަވަޅުއަޅަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުން ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ 5 މަޖިލިސް މެންބަރަކަށް ފިޔަވަޅުއެޅުމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އެދިއްޖެއެވެ.

ޕާލިމަންޓަރީ ގުރޫޕުން ފިޔަވަޅުއެޅުމަށް އެދުނީ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށެވެ.

މި މެންބަރުންނާމެދު ފިޔަވަޅުއަޅައިދިނުމަށް އެދުނު މައިގަނޑު ދެ ސަބަބެއްކަމަށް ޕީޖީ ގުރޫޕުން ފާހަގަކުރީ ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވުމާއި، ކަނޑުގެ ސަރަހައްދުގެ އިންވަކިކުރި މައްސަލައާ ގުޅިގެން ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި ބައިވެރިވުމެވެ.

ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް އުފެއްދި ކޯލިޝަނުން މިހާތަނަށް ބޭއްވި ހަރަކާތްތަކުގައި މި މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންފައިވަނީ ހަމައެކަނި އާޒިމެވެ. އެހެން މެންބަރަކު އެއިން ހަރަކާތެއްގައި އަދި ބައިވެރިވެވަޑައިނުގަންނަވައެވެ.

މީގެ ކުރިންވެސް މި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުކަމުން ވަކިކުރަންވެސް އެމްޑީޕީގެ ޕީޖީން ނިންމިއެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުން މަޤާމުތަކުން ވަކިކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ސަރުކާރަށް ފާޑުވިދާޅުވާ މަޖިލިސް މެންބަރުންނާއި ސަރުކާރާ ދެކޮޅު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާމެދު ފިޔަވަޅުއަޅާނެކަމަށް އެމްޑީޕީން އަންނަނީ ތަކުރާރުކޮށް އިންޒާރުދެމުންނެވެ.

އެ އިންޒާރުތަކާ ގުޅިގެން އާޒިމް ވިދާޅުވެފައިވަނީ ސަރުކާރުން ބިރުދެއްކިޔަސް ކަނޑުން ބައެއް ގެއްލުނު މައްސަލާގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ފިކުރެއްގެ ދިރުން ހަރަކާތުން އެ މައްސަލައާ ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ