Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަބްދުﷲ ޝާހިދު

ޝާހިދަށް ވަހީކުރެއްވުމާއި ހަދީސްކުރެއްވުމުގެ ފަރަގު އެނގިވަޑައިނުގެންނެވި

ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދަށް ވަޙީކުރެއްވުމާއި ޙަދީސްކުރެއްވުމުގެ ފަރަގު އެނގިވަޑައިނުގެން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ނިސްބަތްކުރައްވައި ވަޙީކުރެއްވުން ބޭނުންކުރައްވައިފިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ސުވަރުގެ ވަނީ މައިމީހާގެ ފައިތަލަދަށުން"ކަމަށް ސަލާމާއި ޞަލަވާތް ލެއްވުނު ރަސޫލާ ވަޙީކުރެއްވި ކަމަށެވެ.

ޢަރަބި ބަހުގައި އަދި ދިވެހި ބަހުގައިވެސް ވަޙީކުރެއްވުން ބޭނުންކުރަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށެވެ. އެކަލާނގެ ރަސޫލާ (صلی الله علیه وسلم)އަށް ނިސްބަތްކޮށް ބޭނުންކުރަނީ ޙަދީސްކުރެއްވުމެވެ.

ގިނަ ބަޔަކު އަންނަނީ ޝާހިދުގެ މި ޓުވީޓަށް ފާޑުކިޔައި އޭނާއަށް ވަޙީއާއި ހަދީސްކުރެއްވުމުގެ ތަފާތު ނޭނގޭކަމާއި މީހަކު ލިޔެފައި ދީފައި އޮންނަ އެއްޗެއް ޓުވީޓުކޮށްލުމުގެ ކުރިން އޭގައި އޮތް އެއްޗެއް ބަލައިލުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށް ފާޑުކިޔަމުންނެވެ.

ބައެއް މީހުންވަނީ އިސްލާމީ ޤައުމެއްގެ ޚާރިޖީވަޒީރެއްގެ ފެންވަރު އެއަށްވުރެ ރަނގަޅުވާންވާނެކަމަށްވެސް ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ. އިތުރު މީހަކުވަނީ މީގެ ކުރިން ފައްޅިއެއްގައި އޮތް އަޅުކަމެއްގައި ޝާހިދު ބައިވެރިވެވަޑައިގަތުމަށް އިޝާރާތްކޮށް ފައްޅިއަށް ވަންނަ މީހުންނަށް ވަޙީއާއި ޙަދީސްގެ ތަފާތު ނޭނގިދާނެކަން ފާހަގަކޮށްފައެވެ.

ނޯޓު: މިޚަބަރު ޝާއިއުކުރުމާއެކު، ފުރަތަމަ ކުރެއްވި ޑިލީޓުކުރައްވައި އަލުން ހަދީސްކުރެއްވުން ބަސް ހިމަނުއްވައި ޓުވީޓެއް ޝާހިދުވަނީ ޝާއިއުކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ