Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

ކުޑަކުއްޖަކު މަރާލާފައި ފޮއްޓަކަށްލީ މައްސަލަ: ޒިހާނުއާ ދެކޮޅަށް 79 ހެކިވެރިން!

އަނިޔާކޮށް މަރާލުމަށްފަހު، ފޮއްޓެއްގެ ތެރެއަށްލާ މޫދަށް އެއްލާލާފައި އޮއްވާ 21 ޖޫން 2021 ގައި ހުޅުމާލެއިން ފެނުނު 13 އަހަރުގެ ކުއްޖާ ރަހީނުކޮށް، އެތައް އަނިޔާއެއް ދިނުމަށް ފަހު މަރާލާފައި އޮށްވާ ފެނުނު، މައްސަލައިގައި ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާންއާ ދެކޮޅަށް 79 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގައިފިއެވެ.

އެ މައްސަލައާ ގުޅިގެން ޒިހާނުގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ، ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

އެ ދައުވާތަށް ޒިހާންގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި 79 ޝަފަހީ ހެކި ހިމެނެއެވެ. ނަމަވެސް އޭގެ ތެރެއިން 16 މީހުންގެ ވަނަވަރު ވަނީ ސިއްރު ކޮށްފައެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ސިއްރު ކޮށްގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އެ 16 ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގާފައިވެއެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ޒިހާނުގެ ބަންދުގެ މުއްދަތު ދަމަހައްޓަން އަމުރުކޮށްފައިވާއިރު، ޒިހާނު ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.

މި ލިއުމާއި ގުޅޭ