Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

ރާއްޖޭގެ ކަނޑު ވިއްކާލި މައްސަލާގައި ހެދި އިއްތިހާދުގެ ޕްރެސް ކޮންފަރެންސެއް މިރޭ!

ޗާގޯސް މައްސަލައިގައި މައުލޫމާތު ދިނުމަށް، ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުން އަދި ސިޔާސީ ޕާޓީތައް އެއްވެ ހަދާފައިވާ އިނއްތިހާދުން އަނެއްކާވެސް ނިއުސް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

އެ ނިއުސް ކޮންފަރެންސް އޮންނާނީ މިރޭ 9:00 ގައި ހޮޓެލް ޖެންގައެވެ.

އެ އިއްތިހަދުން މީގެ ކުރިންވެސް ނުސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް. ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފި އަދި ކުރީގެ ބަންޑާރަ ނައިބުން ބައިވެރިވެލައްވާފައިވެއެވެ.

ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ނިންމި މައްސަލާގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދަލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވެ އެވެ. އޭގެ ބަދަލުގައި ރާއްޖެއިން ވެސް އެއްބަސްވެފައިވަނީ މޮރިޝަސްއިން އެދުނު ގޮތަށް އިކުއިޑިސްޓޭންސްގެ އުސޫލު ނުވަތަ ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށް ބަހައިލުމަށެވެ.
އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް އެވަނީ ގެއްލިފައިިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަޖިލީހުގެ ލަފާވެސް ހޯދުމެއްނެތި އެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެކަން ހާމަކޮށް ރައީސް އިބްރާހީމް އެގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއެކު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ފާޅުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ