Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

ރައީސް އިބްރާހީމަކީ ވަގެއް، އެސްއޯއީތަކުގައި ތިބީ ކޮރަޕްޓުން ވަގުންގެ ޓީމެއް: މުޣުނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަކީ ވަގެއްކަމަށާއި އެމަނިކުފާނު ދައުލަތުގެ ކުންފުނިތައް ހަވާލުކުރައްވާފައިވަނީ ކޮރަޕްޓު ވަގުންގެ ޓީމަކާ ކަމަށް ސްޓޭޓު މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީއަކީ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަޤާމުން ވަކިކުރެއްވީ އެ މަޤާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު ހަމަޖެއްސެވުމަށެވެ.

ޝަރީފު ސްޓެލްކޯގެ އެމްޑީކަމަށް ހަމަޖެއްސިފަހުން އެކި އިންތިޚާބުތަކާ ދިމާކޮށް ސްޓެލްކޯގެ ވަސީލަތްތައް ކެމްޕެއިނަށް ބޭނުންކުރުމާއި، ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި ބަހާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް އެ މައްސަލަތައް ރަނގަޅަށް ތަހުގީގުނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުޣުނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހިންނަވަރު ވަގު އިބްރާހީމްބެ" ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް ލައްވާފައިވަނީ ކޮރަޕްޓު ވަގުންގެ ޓީމެއް ކަމަށެވެ. އެ ޓީމުގައި އެ ކުންފުނިތައް ހިންގުމުގެ ޤާބިލުކަމެއް އެއްވެސް މިންވަރަކަށް ނެތް ކަމަށެވެ.

އެގޮތުން އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އައު އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓު ވަގުންގެ ގޮތުގައި މުޣުނީ ސިފަކުރެއްވިއެވެ.

އިތުރަށް މުޣުނީ ވިދާޅުވީ އެސްއީތައް މެދުވެރިކޮށް ސަރުކާރުން ހިނގަމުންދާ ނިމުމަކަށް ގެނައުމަށް ބާކީ އޮތީ 4 މަހުގެ މުއްދަތެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ