Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ނިޒާރު

ކުރުސީ އެކައުންޓުން ނިޒާރަށް ކޮރަޕްޝަންގެ ތުހުމަތުކުރުމާއެކު އޭނާގެ ނުރުހުން ސަރުކާރަށް!

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރުމުން އޭނާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

އެގޮތުން ނިޒާރު ވަނީ "ހަސަން ކުރުސީ" ގެ ނަމުގައި ޓްވިޓާ މެދުވެރިކޮށް ވިސިލްބްލޯ ކުރާ މީހާ، ހޯދައި ފިޔަވަޅު ނޭޅި އޮތުމަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ފޭލިވެފައިވުންކަމަށް ސިފަކުރައްވާ ޓްވީޓުތަކެއް ކުރައްވާފައެވެ.

ނަމަވެސް ނިޒާރު ވަނީ މިހާރު އެ ޓްވީޓުތައް ޑިލީޓްކުރައްވާފައެވެ.

އެ ޓްވީޓުތަކުގައި ނިޒާރު ވިދާޅުވެފައިވަނީ "ހަސަން ކުރުސީގެ ނަމުގައި 'ވަގު' ޓްވިޓާ ހޭންޑްލްއަކުން އައްޑޫ ސިޓީގެ ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި އެކަން ކުރާ އަދި ކުރުވާ މީހަކީ "ދައްޖާލާ އެއްވަރުގެ ފިތުނަވެރިއެއް" ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކޮށް ދޭން ކައުންސިލުން ފުލުހުގައި އެދޭނެ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ހަސަން ކުރުސީ ނަމުގައި އާއްމު ފަރުދުންނާއި ދައުލަތް ބަދުނާމު ކުރުވަން ފިޔަވަޅު ނާޅައި ބަލަން ތިއްބުމަކީ ދައުލަތް ފެއިލް ވުން" ކަމަށެވެ. އަދި އެއީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ޒިންމާ އަދާ ނުކުރުންކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ