Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކުންފުނިތައް

އެސްއޯއީތައް ހަރުދަނާ ކުރަން ޑަބްލިއުބީ އިން 15 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް 15 މިލިއަން ޑޮލަރުގެ އެހީ ތެރިކަމެއް ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ.

މިއީ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓުގެ ތެރެއިން ވޯލްޑް ބޭނކުންވާ އެހީތެރިކަމެކެވެ. އެގޮތުން އެ އެހީތެރިކަމަކީ އެސްއޯއީތަކުގެ ހިންގުން އިސްލާހުކޮށް އެސްއޯއީތައް ހިންގުމުގައި ޕްރައިވެޓް ސެކްޓަރ އިތުރަށް މަސްއޫލުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ދެވޭ އެހީތެރިކަމެކެވެ.

އެގޮތުން ދޭ އެހީތެރިކަމުގެ ތެރެއިން ޑިޖިޓަލް ފައިނޭންސް ދައިރާ ހަރުދަނާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައި ލޯނު ލިބޭގޮތް ހަދައި އާ މާކެޓުތަކުގައި ވާދަކޮށް ކުންފުނިތައް ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ.

މިކަމާއި ގުޅިގެން ވޯލްޑް ބޭންކުން ރާއްޖެއާއި ނެޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް އެޗް ހަދާދް ޒެވަރޮސް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭ އިގްތިޞާދު ފުޅާވުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ސަރުކާރު ހިއްސަވާ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާއަށް ވެސް އަސަރު ކުރިކަން ފާހަގަކުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެހެން ކަމުން މިއީ މިވަގުތު އެސްއޯއީތަކަށް ބޭނުންވެފައިވާ އިސްލާހުތައް ގެންނަން ރަނގަޅު އެހީއަކަށް ވެގެން ދާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ސީނިއާ އެކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ސުހައިލް ކާސިމް ވިދާޅުވީ މި ޕްރޮގްރާމް އަމާޒު ކުރާނީ އެސްއޯއީތައް އިސްލާހުކޮށް ޕްރައިވެޓް ސެކްޓާ ވަރުގަދަކުރެވި އެސްއޯއީތަކުގެ ރެގިއުލޭޝަން އިސްލާހު ކުރުމަށް ކަމަށެވެ.

މި ލިއުމާއި ގުޅޭ