Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓްރީ އޮފް ޓުއަރިޒަމް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައިން މައްޗަށް، ޗައިނާ މާކެޓް ހަ ވަނައަށް!

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރާ ޗައިނާ މާކެޓް ލިސްޓުގެ ހަވަނައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމުލަ 731,783 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.1 އިންސައްތަ އިތުރު އަދަދެކެވެ.

އެގޮތުން 2021 ވަނަ އަހަރުގެ މި މުއްދަތަށް 415,415 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 625,011 ފަތުރުވެރިންނެވެ.

މީގެއިތުރުން ކޮވިޑްގެ ތިން އަހަރުގެ ބަންދަށް ފަހު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް އަންނަން ފެށި ފަހުން އެ މާކެޓުން ޓޫރިސްޓުން އިތުރުވެ ޓޮޕް 10 މާކެޓްގެ ހަ ވަނަ އަށް މިހާރު ވަނީ އަރާފައެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ގައުމުން ރާއްޖެއަށް 36،625 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ރަޝިއާއެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 87,036 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 11.9 އިންސައްތައެވެ.

ދެވަނާގައި އޮތީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް އިންޑިއާއެވެ. އެގައުމުން މިހާތަނަށް 80,605 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން ރާއްޖެއަށް މިހާތަނަށް 68,325 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,238 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 899 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އާއި 13 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 60,576 އެނދު އޮޕަރޭޓްކުރެއެވެ.

މި ލިއުމާއި ގުޅޭ