ރައީސް އިބްރާހިމްމުހައްމަދު ސޯލިހްގެ ވެރިކަމުގެ ކޮންމެ ދުވަހެއް ހޭދަކުރީ އިންޑިއާގެ ވަކީލެއްގެގޮތުގައި ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ނ.ރައީސްގެ މިއިއުތިރާފަކީ ވ.ބޮޑުތެދެެއް. ރައީސްގެ ކޮއްމެދުވަހެއް ހޭދަކުރީ އިންޑިއާގެ ވަކީލެއްގެގޮތުގައި. މައްސަލައަކީ ދިވެހިކަނޑު ރައީސްއަށް ނުފެނުން. އަދި ދިވެހިންގެ މަސަލަހަތު އިސްކުރުމުގައި ދައުލަށް އިޙްމާލުވުން." ކަމަށެވެ.
އަދި ވިދާޅުވީ އިންޑިއާ ކަނޑަކީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތައް ހިމެނޭ ސަރަހައްދު ކަމަށެވެ. އެހެންވެ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް އިންޑިއާ ބޭނުންވާ ގޮތަށް ސިއްރު ސިޓީފުޅަކުން ރައީސް އިބްރާހިމް ވަނީ މޮރިޝަސް އަށް ދޭން އެއްބަސްވެފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.