Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުންދޭ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަނީ

ކުޅުދުއްފުށީ އެއާޕޯޓްގައި ރޭގަނޑު ބޯޓު ޖެއްސޭ ގޮތަށް ރަންވޭ ބައްތި ހަރުކޮށް 24 ގަޑިއިރު ޚިދުމަތްދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

ރީޖަަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރޭގަނޑު ބޯޓް ޖައްސަން ޓެސްޓް ފްލައިޓް ބުރާސްފަތި ދުވަހުގެ ރޭ، ކާމިޔާބުކަމާ އެކު ބާއްވާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރަން ފެށުމާ ގުޅިގެން، މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި ރޭގަނޑު ވައިގެމަގުން ދަތުރު ކުރުމަށް މަގުފަހިވާނޭ ކަމަށް ވެސް އެކުންފުނިން ދެކެއެވެ.

އާރުއޭސީއެލް އިން އިތުރަށް ބުނެފައިވާ ގޮތުގައި މި ހިދުމަތް ތައާރަފު ވުމާއެކު ކުއްލި ހާލަތްތަކުގައި ބަލި މީހުން ރޭގަނޑު ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއް އަންނާނެ އެވެ. އަދި ވިޔަފާރިތަކާއި، ގެސްޓްހައުސް އަދި ރިސޯޓުތައް ހިންގާ ފަރާތްތަކަށް ވެސް އިތުރު މަންފާއެއް ލިބޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ރޭގަނޑު ބޯޓު ޖެއްސޭ އިންތިޒާމް ހަމަޖެހުމާއެކު އާރުއޭސީއެލް އިން ނައިޓް ލޭންޑިންގެ ހިދުމަތްދޭ އެއާޕޯޓުތައް ވަނީ ހަތަރަކަށް ބަދަލުވެފަ އެވެ. ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް އަދި ފުވައްމުލަށް އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަ އެވެ.

އާރުއޭސީއެލް ބުނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާރުއޭސީއެލް އިން ހިންގަމުންދާ ހޯރަފުށި އެއާޕޯޓާއި މާވާރުލު އެއާޕޯޓުގައިވެސް ނައިޓް ލޭންޑިންގެ ހިދުމަތް ދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ