Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މި މަހުގެ 26 ވަނަ ދުވަހު

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު އެ ޕާޓީގެ ރައީސް، ދަގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް ޓިކެޓު އެރުވުމުގެ ޖަލްސާ މި މަހުގެ 26 ވަނައަށްވާ ހުކުރުދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިއްޖެއެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލުމުން އޭނާ ފިޔަވައި އިތުރު ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައިނުވާތީއެވެ.

ނާޒިމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަށް ޓިކެޓު ހަވާލުކުރުމާއި އިންތިޚާބުގެ ކެމްޕެއިނު ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތަށް އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނަށް ދައުވަތު ދެއްވާކަމަށެވެ.

މި ރަސްމިއްޔާތު 26 މާގައި އާޓިފިޝަލް ބީޗުގައި އޮންނާނެކަން ނާޒިމު އިއުލާނުކުރައްވާފައިވާއިރު، އިންތިޚާބަށް އެޕާޓީން ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ބުނެއެވެ.

އެމްއެންޕީއަށް މެންބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތްވެސް އެ ޕާޓީން އަންނަނީ ކުރަމުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި މިހާރުވެސް އެ ޕާޓީގައި 10،000 މެންބަރުންނަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.

އެމްއެންޕީ އުފެއްދި ފަހުން ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކެއްގައި އެ ޕާޓީން ވާދަކުރި ނަމަވެސް އެ ޕާޓީއަށް މިހާތަނަށް ކާމިޔާބުވީ އެހެން ޕާޓީއަކުން ބައިވެރިނުވާ ކައުންސިލު އިންތިޚާބެކެވެ. އެހެން އިންތިޚާބުތަކުގައި އެ ޕާޓީއަށް ލިބިފައިވަނީ ވަރަށް މަދު ވޯޓެވެ.

މި ލިއުމާއި ގުޅޭ