Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

އައްސޭރި ޖަލަށް މަސްތުވާތަކެތި ގެންދިޔަ ޕްރިޒަން އޮފިސަރަކު ހައްޔަރުކޮށްފި

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ޕްރިޒަންސް އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު އަހްމަދު މުހައްމަދު ފުޅު އިއްޔެ އެކަން ހާމަ ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އެ ސާވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެ އޮފިސަރު ފުލުހުން މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އޭނާ ކަރެކްޝަނަލް ސާވިސްގެ ޚިދުމަތުން ސަސްޕެންޑުކޮށްފައިވާކަމަށާއި އެފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ