Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ގޫގުލް އާއި ޓެލެގްރާމްގެ ވެރިންގެ މައްސަލަ ބަލަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ސޯޝަލް މެސެޖިން ސާވިސް ޓެލެގްރާމާއި އަލްފަބެޓް އިންކްގެ ވެރިންގެ މައްސަލަ ބަލަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް އާތަރް ލީރާގެ އެދުމުގެ މަތިން ތަހުގީގެއް ފަށަން އެޤައުމުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް ނިންމެވީ އިންޓަނެޓް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، ބެހޭ ބިލާ ދެކޮޅަށް ޓެކް ކުންފުނިތަކުން އެ މީހުންގެ ޕްލެޓްފޯމްތަކުގައި ކެމްޕޭން ކުރުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން އެކުންފުނިތަކުންވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެކު އެ ބިލާ ދެކޮޅު ވާހަކަތައް އެޕްލެޓް ފޯމްތަކުން އުނިކޮށްފައެވެ.
ފަނޑިޔާރު މޮރޭސް ވަނީ ފެޑެރަލް ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް 60 ދުވަހުގެ މުއްދަތެއް ދެއްވައި، ބިލާ އިދިކޮޅަށް ކެމްޕޭން ހިންގި ކުންފުނިތަކުގައި ޒިންމާވާ އެންމެން ދެނެގަނެ ހެކިބަސް ނެގުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.
ލީރާ ގެ އެދުމުގައި ބުނެފައިވަނީ ޓެކް ކުންފުނިތަކުން ބާޒާރުގައި އެމީހުންގެ އިސްތިއުމާރީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، ދޮގު މައުލޫމާތު ދިނުމާއި އޮޅުވާލުމާއި ބިރުދެއްކުމުގެ ހަރުކަށި ކެމްޕެއިނެއްގައި ހުރިހާ ބާވަތެއްގެ ޓްރިކްސް ބޭނުންކޮށްފައިވާ ކަމަށެވެ.
ގާނޫނާ ހިލާފަށް ބޭނުންކުރާ ތަކެތި ކޯޓުތަކަށް ދޫކޮށްލުމުގެ ބަދަލުގައި އެ ތަކެތި ހޯދުމާއި ރިޕޯޓް ކުރުމުގެ ޒިންމާ އިންޓަނެޓް ކުންފުނިތަކާއި ސާޗް އިންޖީނާއި ސޯޝަލް މެސެޖިން ސާވިސްގެ ބޮލުގައި އެޅުމާއި އެކަން ނުކުރާ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ނެގުމުގެ ޒިންމާ މި ބިލުގެ ސަބަބުން އޮންނާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ގޫގުލް އިން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހެދި އިރު، ޓެލެގްރާމްގެ ބަހެއްވެސް އަދި މިހާތަނަށް މީޑިއާތަކަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މި ލިއުމާއި ގުޅޭ