ހިނގަމުންދާ މޭ މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 15:17 ހާއިރު ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ހާލަތު ވަރަށް ގޯސްކަން ފުލުހުން އެއިރު ކަށަވަރުކޮށްދިނެވެ.
މި ހާދިސާގައި އަނިޔާވި ޒުވާނާއަކީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އޭނާ އަނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާކުރަމުން ދަނިކޮށެވެ.
މިހާރަކަށް އައިސް ހުޅުމާލޭގެ ދެ ފިޔަވަހީގައި އެކްސިޑެންޓުތައް ހިނގާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.