Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ސަރުކާރު ޖަވާބުދާރީ ކުރަން ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ހައްގެއް: އުޝާމް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ވެރިކަންކުރާ މައި ޕާޓީން ރިފްއަތު ދިފާއުކުރާތީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަހްމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އަމަލުކުރި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ރިފްއަތު ދިފާއުކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ރިފްއަތު ވަކާލާތު ކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަދި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށް ބުނެ، އެ ވޯޓާ ދެކޮޅަށް, ރިފްއަތާ އެކުގައި އެމްޑީޕީގެ ޕީޖީ ގްރޫޕް އޮތް ކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފަ އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބެއް ކަމަށާއި، އެކަން ކުރުމަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަކީ ގާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް ލިބިދޭ ހައްގެއް ކަމަށެވެ.
"މިދާ ރޭޓުން މިސަރުކާރުން ކުރަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީވެސް ކުށަކަށް ހަދާފާނެ،" އުޝާމް ވިދާޅުވި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީ ގުޅިގްނެނެވެ.

އެހެންވެ، ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން ބައިވެރިވާތީ، އެ މެންބަރުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ރޭ ވަނީ ދީފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ، ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެކެވެ.
މި ލިއުމާއި ގުޅޭ