Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ސަރުކާރުގެ ދަތުރުތަކަށް 64 މިލިއަން ހަރަދުކޮށްފި

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 64 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން ވަނީ ދަތުރުތަކަށް 64.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިއަހަރު ދަތުރުތަކަށް ހަރަދުވާނެކަމަށް މުޅި ޖުމުލަ ބަޖެޓްކޮށްފައިވަނީ 210.2 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހަރަދުކުރާނެކަމަށް ބެލެވެ އެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރި ވަރަށްވުރެ އެތަށް މިލިއަނެއް އިތުރަށް ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވެ އެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ހަރަދެއް ކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީން ހަރަދުތައް ފޫނުބެއްދޭނެތީ، ފިނޭންސް މިނިސްޓްރީން ވަނީ ދަތުރު ހަރަދުތައް ފަދަ ރިކަރަންޓު ހަރަދު ކުޑަކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް އަންގާފަ އެވެ.
ނަމަވެސް ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހީމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތައް ކުރައްވާފަ އެވެ.
މީގެ ކުރިން، 2008 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވާ ދަތުރުފުޅުތަކާއި އެ ދަތުރުފުޅުތަކަށް ދައުލަތުން ކޮށްފައިވާ ހަރަދު ހޯދަން "ދިޔަރެސް" އިން އެދުމުން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަނުކުރި އެވެ.
މި ލިއުމާއި ގުޅޭ