Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ބަޖެޓުކުރި ވަރަށްވުރެ އިތުރަށް ޖޫރިމަނާގެ ގޮތުގައި 37 މިލިއަން ހޯދައިފި

ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް 37 މިލިަން ރުފިޔާ ޖޫރިމަނާ ކޮށްގެން އާމްދަނީގެގޮތުގައި ހޯދައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރު ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 119.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 66.3 މިލިއަންގެ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާކޮށްގެން ހޯދާފައި ވަނީ 53.3 މިލިއަން ރުފިޔާ އެވެ.

އަހަރު ފެށިގެން ހަތަރު މަހުގެ ތެރޭގައި ޖުރިމަނާ ކޮށްގެން 119 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިހާތަނަށް ބަޖެޓުކުރި ވަރަށްވުރެ 36.8 މިލިއަން ރުފިޔާ އިތުރަށް ޖޫރިމަނާކޮށްގެން މިވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރު ވެސް ސަރުކާރުން ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.

ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދަ އެވެ.

މި ލިއުމާއި ގުޅޭ