Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

އެމްޕީއެލްއިން 25 މީޑިއާއަކަށް 6 މިލިއަން ރުފިޔާ ދިންކަން ހާމަވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން 2022 ވަނަ އަހަރު 25 މީޑިއާއަކަށް މަހެއްގެ މައްޗަށް 550،000 ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ފައިސާ ދީފައިވާކަން ހާމަވެއްޖެއެވެ.

އެމްޕީއެލްއިން މީޑިއާއަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މީޑިއާ ޕާޓްނާޝިޕު ކަރުދާސް ޓުވިޓާގައި އާންމުކޮށްފައިވަނީ ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހިންގަމުން އަންނަ އެކައުންޓުންނެވެ.

އެ ލިޔުމުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު 25 މީޑިއާއަކަށް ފައިސާ ދިނުމަށް އެ ކުންފުނިންވަނީ އެއްބަސްވެފައެވެ. އެ މީޑިއާގެ ތެރޭގައި އެއްވެސް ގޮތަކަށް މީހުން ކިޔައިނޫޅޭ ނޫސްތައްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

އެމްޕީއެލްއިން އެންމެ ގިނައިން ފައިސާ ދީފައިވަނީ ރާއްޖެޓީވީއަށެވެ. ރާއްޖެޓީވީއަށް މަހެއްގެ މައްޗަށް 50،000 ރުފިޔާ ދީފައިވެއެވެ. ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމުގެ ރާއްޖެޓީވީއަށް އަހަރެއްގެ މައްޗަށް 600،000 ރުފިޔާ އެމްޕީއެލުންވަނީ ދީފައެވެ.

އޭގެ އިތުރަށް ސަންގުޓީވީއާއި ޖަޒީރާ ނޫހާއި، އަދަދު ނޫހާއި މިހާރު ނޫހާއި ވަގުތު ނޫހުގެ އިތުރަށް ދައުރު ނޫހަށް މަހެއްގެ މައްޗަށް 30،000 ރުފިޔާ އެ ކުންފުނިން ދިނެވެ. މި މީޑިއާތަކަށް އަހަރެއްގެ މައްޗަށް 2.6 މިލިއަން ރުފިޔާ އެ ކުންފުނިންވަނީ ދީފައެވެ.

އަދި އޭގެ އިތުރަށް އިތުރު 7 ނޫހަކަށް މަހެއްގެ މައްޗަށް 25،000 ރުފިޔާ ދިނެވެ. އޭގެ ތެރޭގައި ނޫނު.އެމްވީ ފަދަ މީހުން އެއްވެސް ގޮތަކަށް ނުދަންނަ ނޫސްތައްވެސް ހިމެނެއެވެ. މި 7 ނޫހަށް އަހަރު ދުވަހުގެ ތެރޭގައި 2.1 މިލިއަން ރުފިޔާ އެމްޕީއެލުން ދީފައިވެއެވެ.

އޭގެ އިތުރަށް ބައެއް ނޫސްތަކަށް 20،000 ރުފިޔާ އަދި އަނެއްްބައި ނޫސްތަކަށް 15،000 ރުފިޔާއާއި 10،00 ރުފިޔާގެ ރޭޓުން އެ ކުންފުނިން ފައިސާ ދީފައިވެއެވެ. ސަރުކާރު ޕްރޮމޯޓުކުރުމަށް ބަންޑާރަނައިބު އޮފީހުގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ހުސައިން ހިންގަވާ ހަތާވީސް އޮންލައިނަށް 20،000 ރުފިޔާ އެ ކުންފުނިން ދިންއިރު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމު މިއުވާނުގެ ނަމުގައި ހިންގި ކާފު.އެމްވީއަށް 15،000 ރުފިޔާ މަހެއްގެ މައްޗަށް ދީފައިވެއެވެ.

މި މީޑިއާތަކަށް އަހަރެއްގެ މައްޗަށް އެމްޕީއެލުން 6.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ކުންފުނިން ނަގާފައިވާ ލޯނުތަކާއި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ހިމެނޭ ގޮތަށް ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓާގައި ނިޔަލަށް 497.5 މިލިއަން ރުފިޔާގެ ކުރު މުއްދަތުގެ މާލީ އިލްތިޒާމު ހުރިކަން 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ޕީސީބީ ރިޕޯޓުން ފާހަގަކުރެވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ސޮއްސާލާފައިވާއިރު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދިޔަ މައިގަނޑު އެއް ސަބަބުގެ ގޮތުގައި ފާހަގަވެފައިވަނީ ނޫސްތަކަށާއި މީޑިއާއަށް ސަރުކާރު ކުންފުނިތަކުން ފައިސާ ދިނުމަށްފަހު ނުފޫޒު ފޯރުވުމެވެ.

ސަރުކާރު ކުންފުނިތަކުން މީޑިއާއަށް ފައިސާ ދިނުމަށްފަހު ސަރުކާރުން ބޭނުންވާ ވިސްނުމެއް ކުރިއެރުވުމަށް މީޑިއާއަށް ފިއްތުން ކުރިމަތިކޮށް، މީޑިއާ ކޮންޓުރޯލުކުރަމުންދާކަން މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަޤުވާމީ އިދާރާތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

މި ލިއުމާއި ގުޅޭ