Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

އުކުޅަހު ފަޅުތެރެއިން ބަނގުރާ ވިއްކާ ސަފާރީ ނެރެން ކައުންސިލުން ދެކޮޅު ހަދާތީ ރައްޔިތުން އިހުތިޖާޖުކުރަނީ

އއ.އުކުޅަސް ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާތީ އެ ސަފާރީ ފަޅުތެރެއިން ބޭރުކުރުމަށް ރައްޔިތުން ގޮވާލުމުންވެސް އެރަށު ކައުންސިލުން އެކަން ނުކުރުމުން ރަށު ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަފާރީ ރަށަށް ގެނެސްގެން އުޅެނީ ކައުންސިލް މެމްބަރެއްގެ އާއިލާ މީހެކެވެ. އެ ރަށު ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. ބަނގުރާ ވިއްކާ މައްސަލާގައި ރައްޔިތުން އެދުނީ އެ ސަފާރީ ރަށުގެ ފަޅުތެރެއިން ނެރެދިނުމަށެވެ. އެހެން ނަމަވެސް ކައުންސިލް މެމްބަރުން ވަނީ އެކަން ނުކުރަން ތަފާތު ބަހަނާތައް ދައްކާފައެވެ.

މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ މުޒާހަރާ ކުރަން ފަށާފައެވެ. އަދި ކައުންސިލް އިދާރާގެ ތެރޭގައިވެސް ބައެއް މީހުން އެބަތިއްބެވެ.

"ރައްޔިތުން އެދެނީ އެ ސަފާރީ ބޭރުކުރުމަށް އަންގައި ކައުންސިލުން ގަރާރެއް ފާސް ކުރުމަށް" ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރައްޔިތުން މިހާރު މުޒާހަރާ ކުރާތާ ގާތް ގަނޑަކަށް 5 ގަޑިއިރު ވެއްޖެއެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އިރު އެރިއަސް އެ ސަފާރީ ފަޅުތެރެއިން ނުނެރެނީސް ގެއަށް ނުދާނެކަމަށް ބުނެފައެވެ.

އުކުޅަހުގައި 26 ގެސްޓް ހައުސް ހުންނައިރު އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. ރާއްޖޭގައި ގެސްޓް ހައުސް ގިނަ ރަށްތަކުގެ ފަޅުތެރޭގައި ސަފާރީތަކުން މިގޮތަށް ބަނގުރާ ވިއްކުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ކަމާބެހޭ ފަރާތްތަކަށް އެކަން އެނގުނު ނަމަވެސް އެކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ނުކުރެއެވެ.

މި ލިއުމާއި ގުޅޭ