ތިން މީހެއްގެ ޑީއެންއޭ އެއްކޮށްގެން އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް ތުއްތު ކުއްޖަކު އުފަންވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ފާޓިލިޓީ ރެގިއުލޭޓަރުން ބުދަ ދުވަހު ވަނީ ތިން މީހެއްގެ ޑީއެންއޭ އެއްކޮށްގެން އެކްސްޕެރިމެންޓަލް ޓެކްނިކެއް ބޭނުންކޮށްގެން އުފެއްދި އިނގިރޭސިވިލާތުގެ ފުރަތަމަ ތުއްތު ކުއްޖާ އުފަންވިކަން ކަށަވަރުކޮށްދީފައެވެ.
އިނގިރޭސިވިލާތުގެ ހިއުމަން ފާޓިލައިޒޭޝަން އެންޑް އެމްބްރިއޯލޮޖީ އޮތޯރިޓީން ބުނީ އިނގިރޭސިވިލާތުގައި ހެދި މި އެކްސްޕެރިމެންޓްގައި އުފަންކުރި ކުދިންގެ އަދަދު ފަހަރަކަށްވުރެ މަދުކަމަށެވެ. ނަމަވެސް އާއިލާތަކުގެ އައިޑެންޓިޓީ ހިމާޔަތް ކުރުމަށް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ގާޑިއަން ނޫހުންނެވެ.
އިނގިރޭސިވިލާތަކީ ސެލްއެއްގައި ހުންނަ ހަކަތަ އިގެ ވަސީލަތެއް ކަމުގައިވާ މައިޓޮކޮންޑްރިއާ ހުންނަ އަންހެނުންނަށް، އެމީހުންގެ ބަނޑުން އުފަންކުރުވާ ތުއްތު ކުދިންގެ ކިބައިން އުނިކަމެއް އައުން ހުއްޓުވުމަށް ޓަކައި 2015 ވަނަ އަހަރު ރެގިއުލޭޓް ކުރާ ގާނޫނެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ގައުމެވެ.
ޖެނެޓިކް ޑިފެކްޓްތަކުގެ ސަބަބުން މަސްކިއުލާ ޑިސްޓްރޮފީ، އެޕިލެޕްސީ، ހިތުގެ މައްސަލަތައް އަދި ބުއްދީގެ ނުކުޅެދުންތެރިކަން ފަދަ ބަލިތައް ޖެހެ އެވެ. އިނގިރޭސިވިލާތުގައި ކޮންމެ 200 ކުއްޖަކުން އެކަކީ މައިޓޮކޮންޑްރިއަލް ޑިސްއޯޑާއެއް ހުންނަ ކުއްޖެކެވެ. މިހާތަނަށް 32 މީހަކަށް މިފަދަ ފަރުވާ ދިނުމުގެ ހުއްދަ ވަނީ އެޤައުމުގައި ދީފައެވެ.
ނުރަނގަޅު މައިޓޮކޮންޑްރިއާ ހުންނަ އަންހެނަކަށް، ޖެނެޓިކް މެޓީރިއަލް ނަގަނީ އޭނާގެ އެގް ނުވަތަ އެމްބްރިޔޯއިންނެވެ. އެއަށްފަހު ޑޯނަރ އެގް ނުވަތަ އެމްބްރިޔޯއަކަށް ބަދަލުކޮށް، ސިއްހަތަށް ފައިދާހުރި މައިޓޮކޮންޑްރިއާ ހުރި ނަމަވެސް އޭގެ ބާކީ ހުރި ކީ ޑީއެންއޭ ނައްތާލައެވެ. އެއަށްފަހު ފާޓިލައިޒްޑް އެމްބްރިޔޯ މައިމީހާގެ ބަނޑަށް ބަދަލުކުރެއެވެ. މިގޮތަށް ބަދަލުކުރުމުން ޖެނެޓިކް މެޓީރިއަލްގައި ހިމެނެނީ މި ޓެކްނިކުން އުފެދޭ ކުއްޖާގެ 1 އިންސައްތައަށްވުރެ ވެސް ކުޑަ މިންވަރެކެވެ.
އިނގިރޭސިވިލާތުގެ ފާޓިލިޓީ ރެގިއުލޭޓަރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މައިޓޯކޮންޑްރިއަލް ޑޮނޭޝަން ޓްރީޓްމަންޓުން ވާރުތަވެފައިވާ ސީރިއަސް މައިޓޯކޮންޑްރިއަލް ބައްޔެއް ހުންނަ އާއިލާތަކަށް ދުޅަހެޔޮ ކުއްޖަކު ލިބުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
އެ އެޖެންސީން ބުނީ މިއެކްސްޕެރިމެންޓްގެ އިތުރުތަފްޞީލްތައް ނިއުކާސަލް ޔުނިވާސިޓީގައި ހަރަކާތްތެރިވާ ސައިންސްވެރިން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އިނގިރޭސިވިލާތުން މި ފަރުވާ ހޯދާ ކޮންމެ އަންހެނަކަށް ހިއުމަން ފާޓިލައިޒޭޝަން އެންޑް އެމްބްރިއޯލޮޖީ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހެއެވެ.
ރެގިއުލޭޓަރު ން ބުނީ ޝަރުތު ހަމަވާ އާއިލާތަކަށް ޖެނެޓިކް ބައްޔެއް ޖެހުމުން ސަލާމަތްވެވޭނެ އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.
އާޓިފިޝަލް ރިޕްރޮޑަކްޝަން ޓެކްނޮލޮޖީއާ ދެކޮޅަށް ފާޑުކިޔާ ގިނަ ބަޔަކު ބުނަމުން ދަނީ ދަރިންނަށް ބަލިތަކުން ސަލާމަތްވުމަށް އެހެން ގޮތްތަކެއް ވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބިސް ހަދިޔާ ކުރުން ނުވަތަ ސްކްރީން ކުރުމުގެ ޓެސްޓްތައް ފަދަ ކަންކަން އަދި ވެސް ރައްކާތެރި ކަން ސާބިތުނުވާ ކަމަށެވެ.
އަނެއް ބަޔަކު އިންޒާރު ދެނީ މިގޮތަށް ޖެނެޓިކް ކޯޑް ޓްވިކް ކުރުމަކީ އިތުރު މައްސަލަތަކެއް ދިމާ ވެދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ވާރުތަވާ ބަލިތަކުން ސަލާމަތްވާން ބޭނުންވާ މައިންބަފައިންނަށް އިސްކޮޅުން ދިގު، ނުވަތަ ވަކި އެސްތެޓިކް ސިފަތަކެއް ހުންނަ ކުދިން ތިބުމަށް މަގުފަހިވާ ކަމަށެވެ.
ލަންޑަންގެ ބަޔޯމެޑިކަލް ރިސާޗް ސެންޓަރެއް ކަމަށްވާ ފްރާންސިސް ކްރިކް އިންސްޓިޓިއުޓްގެ ސްޓެމް ސެލް އެކްސްޕާޓެއް ކަމަށްވާ ރޮބިން ލޮވެލް-ބެޖް ވިދާޅުވީ، ތުއްތު ކުދިންގެ މުސްތަގުބަލުގެ ކުރިއެރުން މޮނިޓާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"[މައިޓޮކޮންޑްރިއަލް ޑޮނޭޝަން] ޓެކްނިކް ޕްރެކްޓިކަލް ލެވެލްގައި މަސައްކަތް ކުރީ ކިހާ ވަރަކަށްތޯ އާއި ތުއްތު ކުދިންނަކީ މައިޓޮކޮންޑްރިއަލް ބަލިތަކުން ސަލާމަތްވެފައިވާ ކުދިންތޯ އާއި ހަޔާތުގެ ފަހުން އެކުދިންނަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތްތޯ ބެލުން ޝައުގުވެރިވާނެ،" އޭނާ ވިދާޅުވި އެވެ.
މެކްސިކޯގައިވެސް މި ފަރުވާ ދޭންފަށާފައިވާއިރު، އެމެރިކާގެ ޑޮކްޓަރުން ވަނީ 2016 ވަނަ އަހަރު މައިޓޮކޮންޑްރިއާ ޑޮނޭޝަން ޓެކްނިކް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ތުއްތު ކުއްޖަކު އުފަންވިކަން އިއުލާނުކޮށްފައެވެ.