Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ޓެކުސް ބޮޑުކުރި ނަމަވެސް ޚަރަދު ކުޑަނުކުރެވި ދައުލަތުގެ ބަޖެޓު ދަރަނި 4 ބިލިއަނުން މައްޗަށް

އާމްދަނީ އިތުރުކުރުމަށް ރައްޔިތުންގެ އަތުން ޓެކުސް ނަގާ ރޭޓު ސަރުކާރުން ބޮޑުކުރި ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަނުކުރެވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި 4.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

އާމްދަނީއާއި ޚަރަދުގެ ފަރަގު ކުޑަކޮށް ބަޖެޓު ބެލެންސްކުރުމަށް ކަމުގައި ބުނެ ސަރުކާރުންވަނީ މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޓެކުސް ނަގާ ރޭޓު ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވިއެވެ.

އެގޮތުން ނިމުނު އަހަރުގެ 1 ޖަނަވަރީން މޭ 4 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 9.7 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ އެ މުއްދަތުގައި 11.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރަށް ލިބޭ އާމްދަނީވަނީ 19.4 އިންސައްތަ އިތުރުވެފައެވެ.

ޓެކުސް ބޮޑުކުރުމުން އާމްދަނީ އިތުރުވި ނަމަވެސް ޚަރަދުކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުއިކަމާއެކު ނޭޅިއްޖެނަމަ ބަޖެޓު ޑެފިސިޓު އިތުރުވެ، ދައުލަތުގެ މާލީ މުސްތަޤުބަލުގެ ޔަގީންކަން ކަށަވަރުނުވާނެކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ބުނެފައިވެއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އިންޒާރުދީފައިވާ ފަދައިން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން އާމްދަނީއަށްވުރެ ޚަރަދުވަނީ ބޮޑުވެފައެވެ. އަދި ފާއިތުވި އަހަރަށްވުރެ މި އަހަރުގެ ބަޖެޓުގެ ދަރަނި އަންނަނީ ބޮޑުވަމުންނެވެ.

އެގޮތުން ފާއިތުވި އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މާޗު 4 އާ ހަމައަށް ބަޖެޓުގެ ދަރަންޏަކީ 2.4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ބަޖެޓު ދަރަނިވަނީ 4.2 ބިލިއަން ރުފިޔާއަށް އިތުރުވެއެވެ. އެހެންކަމުން ބަޖެޓު ދަރަނިވަނީ އަހަރުން އަހަރަށް ބަލާއިރު 56.6 އިންސައްތަ އިތުރުވެފައެވެ.

ޚަރަދު ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު އިތުރުވުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ޚަރަދުކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކެއް ހިމެނިއެވެ.

އެގޮތުން އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކަކާއި، ސަބްސިޑީގެ އުސޫލަށް ގެންނަ އިސްލާހުތަކެއް ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒުނުކުރެއެވެ.

މި ލިއުމާއި ގުޅޭ