Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފާއިތުވި އަހަރުގެ 3 ވަނަ ކުއާޓާ ނިމުނުއިރު ފެނަކައިގެ ދަރަނި 2.1 ބިލިއަން ރުފިޔާއަށް އަރާފައިވޭ

ފާއިތުވި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް ފެނަކަ ކުންފުނީގެ ޖުމްލަ ދަރަނި 2.1 ބިލިއަން ޑޮލަރަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

އަހަރުގެ ކޮންމެ ކުއާޓާއެއްގައި އާންމުކުރާ ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ރިޕޯޓުގެ ތެރެއިން 2022 ގެ ތިންވަނަ ކުއާޓާގެ ރިޕޯޓު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިހާރުވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ފެނަކައިގެ ދަރަނިވަނީ 2.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެ ކުއާޓާގައި ފެނަކައަށް އާމްދަނީގެ ގޮތުގައި 484.46 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ކުންފުނީގެ ޚަރަދުތައް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ފެނަކައަށް ލިބުނީ އެންމެ 1.28 މިލިއަން ރުފިޔާއެވެ. އެއީ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު 6.09 މިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު 79 އިންސައްތައިގެ ވެއްޓުމެކެވެ.

އިތުރަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ފެނަކައިގެ އާމްދަނީ 7 އިންސައްތައިން އިތުރުވި ނަމަވެސް އެ ކުންފުންޏަށް ލިބުނު ފައިދާ 7.6 އިންސައްތައިން 0.3 އިންސައްތައަށް ދަށްވެފައެވެ. އެކަމާ ގުޅިގެން އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނީގެ އެފިޝިއެންސީއާމެދު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އަދި އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކައިހުރި ފައިސާގެ އަދަދު 1.93 ބިލިއަން ރުފިޔާއަށް އަރާއިރު އެއިން ގިނައީ އެ ކުންފުންޏަށް މުދާ ސަޕްލައިކޮށްދިން ފަރާތްތަކަށް ނުދައްކައިހުރި ފައިސާކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

އަދި އެ ކުންފުނިން އެކި ފަރާތްތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ދައްކަންޖެހިފައި ހުރި ފައިސާ އިތުރުވަމުންދާކަން ފާހަގަކޮށް ރިޕޯޓުގައި އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުނިން 310 މިލިއަން ރުފިޔާ ދައްކަންޖެހޭ ބައެއް ފަރާތްތަކަށް އަދާކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފެނަކައިގެ ޖުމްލަ ދަރަނި 2.9 ބިލިއަން ރުފިޔާއަށް އަރާފައިވަނީ އެ ކުންފުނިން ޚިދުމަތް ހޯދި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް އެސްޓީއޯއާއި ސަރުކާރުން ނަގާފައިވާ ދަރަނި ހިމަނައިގެންނެވެ.

މި ލިއުމާއި ގުޅޭ