Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބޭފުޅުން އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވުމުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެއީ ޅ. ހިންނަވަރު، މާތިލަ އާދަމް މުހައްމަދެވެ.

ސިވިލް ކޯޓުގެ އިސްގާޒީކަމަށް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވަނީ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެދެބޭފުޅުންވެސް އެ މަގާމަށް އައްޔަން ކުރަން ނިންމީ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމުގައި ލަފާ ދިނުމަށް ކޮމިޝަނުގައި އެކުލަވާލާފައި އޮންނަ ކޮމިޓީން އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި ލިއުމާއި ގުޅޭ