Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ އައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޞަފާ ޝަފީގު އައްޔަންކުރައްވައިފިއެވެ.

ޞަފާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އޮފީހުގައި މިއަދު އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ.

ޞަފާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީއިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލުކުރައްވާފައެވެ.

ޞަފާ ވަނީ 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.

އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ބްރޯޑްކޮމްއަށް ޞަފާ އައްޔަންކުރަން ފެންނަކަމަށް މަޖިލީހުގެ 40 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ