Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

ޕެންޝަން ފަންޑުގެ ދަށުން މީހުން ޙައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

ޕެންޝަން ސްކީމްގެ ދަށުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައިވާގޮތުން ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުގެ އިތުރުން ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދާ ކުންފުނިތައް މެދުވެރިކޮށް އެކަންޏެވެ.

އިއުލާނުގައި ބުނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެއްބަސްވުން ހަދަން ބޭނުންވާ ފަރާތަތްތަކުން ސިޓީއަކުން ނުވަތަ މެއިލް މެދުވެރިކޮށް އެންގުމަށް ޕެންޝަން އޮފީހުން ވަނީ އަންގާފައެވެ.

ޕެންޝަން އޮފީހުން ކަނޑައަޅާފައިވާގޮތުން ޕެންޝަން ފައިސާއިން ޙައްޖުގެ އަޅުކަން އަދާކުރެވެނީ ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުރެގެންނެވެ.

ގަވާއިދުގައިވާ ގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ދޫކުރާނީ ޙައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 ޕަސެންޓަށް ވުރެ އިތުރުނުވާ އަދަދެކެވެ.

މި ލިއުމާއި ގުޅޭ