Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސަކަށް ލަންކާ ކޯޓަކުން 7 އަހަރުގެ ޖަލު ހުކުމެއް

2018 ވަނަ އަހަރު ސްރީލަންކާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސަކު 7 އަހަރުގެ މުއްދަތަށް ޖަލަށްލާން އެ ޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

7 އަހަރަށް ޖަލަށްލާން ލަންކާގެ ކޯޓަކުން ހުކުމްކޮށްފައިވަނީ ޒިދާން އިބްރާހީމު ނަމަކަށް ކިޔާ ދިވެއްސެކެވެ. 2018 ވަނަ އަހަރު ޒިދާނުގެ މައްޗަށް އެ ޤައުމުގެ ބަންޑާރަނައިބު ދައުވާކޮށްފައިވަނީ އެސްޓަސީ ގުޅަތަކެއް ގެންގުޅުނު މައްސަލާގައެވެ.

ލަންކާގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ޒިދާން ހައްޔަރުކުރީ އެ ޤައުމުގެ ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިވިޝަނުގެ ޚާއްޞަ ޓާސްކު ފޯސްއަކުން ހިންގި އޮޕަރޭޝަނެއްގައި ދެހިވަލާ ނެދިމަލާ ސަރަހައްދުގައި ހިންގި ރެއިޑެއްގެ ތެރެއިންނެވެ.

ޒިދާނުގެ މައްޗަށް 7 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަވާފައިވަނީ ކޮލަމްބޯގެ ހައިކޯޓުގެ ފަނޑިޔާރު އަމާލް ރަނަރާޖާއެވެ.

މީގެ ކުރިންވެސް ލަންކާއިން މަސްތުވާތަކެތި ވަގުފާރުކުރުމުގެ ތުހުމަތުގައި ދިވެހިންތަކެއް ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ފާއިތުވި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއަށް މަސްތުވާތަކތި އެތެރެކުރިކަމުގެ ކުށް ސާބިތުވި ދިވެއްސެއްގެ މައްޗަށް އެ ޤައުމުގެ ކޯޓަކުންވަނީ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ލިއުމާއި ގުޅޭ