Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މޮޓޯކޭޑު މައްސަލައިގައި ސަސްޕެންޑުކުރި ސެކިއުރިޓީ ކޮމާންޑިން އޮފިސަރަށް ބްރިގޭޑިއަރ ޖެނެރަލްކަން ދީފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅައި، އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރި، ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް އަށް ޕްރޮމޯޝަން ދީފި އެވެ.

މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޮތް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންނެވި މަގުމަތީގައި އެންމެ ފުރަތަމަ މޮޓޯކޭޑު މަސައްކަތް ކުރީ ބޮޑުތަކުރުފާނު މަގުން ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިން ދިއުމަށެވެ.

އެކަމަކު ރައީސް މާލެ ވަޑައިގެންނެވި އިރުވެސް ޕީޕީއެމް ސަޕޯޓަރުން ދިޔައީ އެތަނުގެ މަގުމަތީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. މޮޓޯކޭޑް އެ ސަރަހައްދުން ދާން މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިން ހުރަސްއެޅުމުން، ރައީސްގެ ކާރުކޮޅު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށްފަހު ވަޑައިގަތީ އެހެން މަގަކުންނެވެ.

އެ މައްސަލައިގައި، ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އިބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރި އެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް އަބްދުﷲ މިހާރު ވަނީ ބްރިގޭޑިއާ ޖެނެރަލް ކަމަށް ޕްރޮމޯޓުކޮށްފަ އެވެ.

ރައީސް ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ނަގައި، ކާނަލް އަބްދުﷲ މާގަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން އޭރު ނިންމީ އެ ވުޒާރާއިން ބުނި ގޮތުގައި އެފަދަ ހާލަތުގައި އެމްއެންޑީއެފުން އަމަލުކުރާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެކަމަކު އޭނަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ ކިހާ ދުވަހަކަށް ކަމެއް ނުބުނެ އެވެ. އަބްދުﷲ އިބްރާހީމް އަށް ޕްރޮމޯޝަން ދިނުމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ލިއުމާއި ގުޅޭ