Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދަން ޕީޕީއެމްއިން ވާންޖެހުނު ގުރުބަނީއެއް ވާނެ: ޝުޖާއު

ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދުމަށްޓަކައި އިދިކޮޅު ޕީޕީއެމްއިން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ޗާގޯސް މައްސަލައިގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ކަނޑުގެ މައްސަލައިގެ ތެރެއިން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގިނިކަންޏާ ކަނޑުވާތަން މިހާރު ފެންނަމުން ދާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދުމަށް ޓަކައި ޕީޕީއެމްއިން އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި އެކަން ކުރުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން އެ ޕާޓީން އޮތީ ތައްޔާރަށް ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.

ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައި އޮތް މައްސަލައިގައި އިޓްލޮސް އިން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ.

އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފައެވެ.

އެހެންވެ، ގެއްލުނު ބައި އަނބުރާ ހޯދުމަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ މައްސަލައިގައި ހިޔާލު އެއްގޮތް ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަން އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައި "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން" މަޝްވަރާކުރައްވާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އެކަމަކު ތަފްސީލު ހިއްސައެއް ނުކުރައްވައެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް ނަޝީދު ވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އެންމެ ހައްގީ ދިވެހިންނަށް ކަމަށް މީގެ ކުރިން ވިދާޅުވެ، ދިވެހި ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.
އަދި ފުށުއަރާ ބައިގެ އިންވަކިކުރުމުގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުން ބަލައި ނުގަތުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ