Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ސަސްޕެންޝަންގައި ހުރި ވެމްކޯގެ އެމްޑީ، ރަސްމީ ދަތުރެއްގައި ޗައިނާގައި

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން ސަސްޕެންޑުކޮށްފައިވާ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ޕީސީބީން މިދިޔަ ބުރާސްފަތި ދުވަހު ބުނި ގޮތުގައި، އޭނާ ސަސްޕެންޑުކުރީ ގަވަރްނަންސްއާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެއްގަ އެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ މުސާރައާ އިނާޔަތް ލިބޭ ގޮތަށް، ދެ ހަފްތާއަށެވެ.

އެކަމަކު "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިރާޖް މިވަގުތު ހުންނެވީ، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބު، މުހައްމަދު އަންސާރާއި، އެ މިނިސްޓްރީގެ ވަފުދާއެކު ޗައިނާގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ދަތުރަކީ މާލެއާއި ވިލިނގިލީގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ) ގެ ދައުވަތަކަށް އެ ގައުމަށް ކުރާ ދަތުރެކެވެ.

ސަސްޕެންޝަންގެ މުއްދަތު ނުނިމެނީސް ސިރާޖް ރަސްމީ ދަތުރުތަކުގައި ބައިވެރިވާ މައްސަލައާ ގުޅޭގޮތުން ވެމްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސިރާޖް ސަސްޕެންޑުކުރީ ވެމްކޯއިން ތަހުގީގު ކުރަމުންދާ އެ ކުންފުނީގެ އެތެރޭގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވާތީ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް ޕީސީބީން ބުނީ ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެއްގެ ތުހުމަތު ސިރާޖުގެ މައްޗަށް ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ