Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސާފް ޗެމްޕިއަންޝިޕް

ސާފްގެ ނައިބު ރައީސަކަށް އަލީ އުމަރު އިންތިހާބުކޮށްފި

ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ނައިބު ރައީސަކަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ނައިބު ރައީސް އަލީ އުމަރު އިންތިހާބު ކޮށްފި އެވެ.

މިދިޔަ އަހަރު ބޭއްވި ސާފްގެ ކޮންގްރެސް އިން ފެށިގެން ފެޑެރޭޝަންގެ ނައިބުގެ މަގާމު އޮތީ ހުސްކޮށެވެ.

މީގެ ކުރިން ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި ރާއްޖެ ތަމްސީލު ކޮށްފައިވާ އަލީ އުމަރު ނައިބު ރައީސް ކަމަށް އިންތިހާބު ވެފައި ވަނީ 2023-2027 އަށެވެ. މި ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި އަލީ އުމަރުގެ އިތުރުން ނޭޕާލުގެ ސުންދަރު ނަރްސިންގް ޖޯޝީ ވެސް ވަނީ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ވެފަ އެވެ.
އަލީ އުމަރާއި ޖޯޝީ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ޑާކާގައި އިއްޔެ ބޭއްވި ސާފްގެ ކޮންގްރެސްގަ އެވެ.
އިއްޔެ ބޭއްވި ކޮންގްރެސްގައި ސާފްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އޭއެފްސީ އެގްޒެކެޓިވް ކޮމިޓީއަށް ކަނޑައެޅީ، އޯލް އިންޑިއާ ފުޓްބޯލް ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީ، ޝާޖީ ޕްރަބާކަރަން އެވެ.
އަލީ އުމަރު ފުޓްބޯޅަ ކުޅެން ފެށީ 1997 ވަނަ އަހަރު ޔޫތު ސްޕޯޓްސް ކްލަބުންނެވެ. އޭނާ ވަނީ 1999 އިން 2013 ވަނަ އަހަރާ ހަމައަށް ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދީފަ އެވެ. އަލީ އުމަރުގެ މޮޅު ކުޅުމާ އެކު ރާއްޖެއިން ވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ ވެސް ހޯދައިފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ސަރަހައްދީ ރަން މެޑަލް ހޯދި އިރު އަލީ އުމަރަކީ ބަދަލު ކުޅުންތެރިއެކެވެ.
އެފްއޭއެމުން 2006 ވަނަ އަހަރު ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އަލީ އުމަރަށެވެ. ހަމަ އެއަހަރު ފުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލް ކުރީ ވެސް އޭނާ އެވެ.
މި ލިއުމާއި ގުޅޭ