Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ފެނުނީ ރަސްދޫ ކައިރީ ފަޅުރަށެއްގެ ފަޅުތެރެއިން

އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ރަސްދޫ ކައިރީ އޮތް ފަޅު ރަށެއްގެ ފަޅުތެރެއިން ކަމުގައި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލި ހުސައިން ޝަހުބާން ފެނުނީ މިރޭ އިރާކޮޅު 6:35 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ފެނުނީ ފަޅު ތެރެއިން ފަތާފައި ދަނިކޮށްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޝަހުބާނުގެ ހާލު ރަނގަޅުކަމަށާއި، މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އޭނާ ހާލުވެސް ރަނގަޅުކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިހުރި ޝަހުބާން ފިލީ ގޮޅިން ނެރުނު ވަގުތުގައެވެ. އެއިރު ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ތިބީ ދެ ކޮންސްޓަބަލުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕޮލިސް ސްޓޭޝަނުން ޝަހުބާނު ފިލިއިރު ރަސްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ގިނަ ފުލުސް އޮފިސަރުން ތިބީ މަހިބަދޫގައި ފުޓުބޯޅަ މެޗެއް ކުޅެންކަމަށާއި، 2 ކޮންސްޓަބަލުންގެ އަތްމައްޗަށް ސްޓޭޝަން ދޫކޮށްފައި ދިޔަ މައްސަލާގައި ރަސްދޫ ސްޓޭޝަނުގައި މަސައްކަތްކުރާ 12 ފުލުހުން ސަސްޕެންޑުކޮށްފައިވާކަމަށް ފުލުހުންގެ އިސްވެރިޔަކު މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް ފުލުހަކު ސަސްޕެންޑުކޮށްފައިވޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލާއި ފުލުހުންގެ ތަރުޖަމާނާ "ދިޔަރެސް"އިން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބެއް ދެއްވާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ