Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

ދުވާރު މަތީގައި ކެފޭގެ ޚިދުމަތް ދިނުން ހުއްޓައިލަން އާބަންކޯއިން އަންގައިފި

ހުޅުމާލޭގައި ކެފޭއާއި ރެސްޓޯރެންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުރި މޭޒުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

މިއަދު އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ކެފޭ ރެސްޓޯރެންޓު އަދި ޓޭކްއަވޭ ފިހާރަތައް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތްތަކުން އެ ކުންފުނިން ދީފައިވާ ހުއްދައާ ޚިލާފަށް އަމަލުކުރާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުން ހުޅުމާލޭގެ މަގުތަކުގެ ދުވާރުގައި މޭޒާއި ގޮނޑި ބަހައްޓައިގެން ޚިދުމަތް ދެމުންދާތީ ހިނގައިބިނގައިވެ އުޅުމަށް ދަތިވެ އާންމުން ޝަކުވާކުރަމުންދާ ކަމަށެވެ.

އެ ޝަކުވާތަކާ ގުޅިގެން އެ ކުންފުނިން ބެލިބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ދުވާރުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ފާހަގަކުރެވުނުކަމަށާއި، އެތަކެތި ނެގުމަށް މިހާރު އަންގާފައިވާނެކަމަށް އާބަންކޯއިން ބުނެއެވެ.

މަގުތަކަކީ ކުދިބޮޑު އެންމެން ބޭނުންކުރާ ތަންތަނަށްވާއިރު އެގޮތަށް ގޮނޑިއާއި މޭޒު ދުވާރުގައި ބަހައްޓައިގެން، ހިންގާ ތަންތަނުގައި މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމުން އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށްވެސް ފޯރާކަމަށް އާބަންކޯއިން ބުންޏެވެ.

"އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އާބަންކޯއިން ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓު ހިންގުމަށް އިތުރަށް ހުޅުވިފައިވާ ޖާގަތައް ބޭނުންވާކަން ފާހަގަކުރެވިފައިވާތީ އެފަދަ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ