Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިލޭ އެހީ

ހިލޭ އެހީގެ ގޮތުގައި އަދި ލިބުނީ އަންދާޒާކުރި އަދަދުގެ 2 އިންސައްތަ!

މި އަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ ތެރެއިން އަދި ލިބިފައިވަނީ އެންމެ 2 އިންސައްތަކަން ހާމަވެއްޖެއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް ހިލޭއެހީގެ ގޮތުގައި 2،462.1 މިލިއަން ރުފިޔާ ނުވަތަ 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރިއެވެ. މި އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ފާއިތުވި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާގެ 14 އިންސައްތަވެސް ލިބިފައިނުވަނީހެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 72 މިލިއަން ރުފިޔާއެވެ.

އެއީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ބުނި އަދަދުގެ އެންމެ 2.9 އިންސައްތައެވެ.


ފާއިތުވި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 206 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިލޭއެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭނެކަމަށް ސަރުކާރުން ހިމަނައެވެ. އަދި ބަޖެޓުގެ ދަރަނި އަންދާޒާކުރަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ފައިސާ އުނިކުރުމަށްފަހުއެވެ. އެހެންކަމުން އަންދާޒާކުރާ މިންވަރަށްވުރެ އަބަދުވެސް ބަޖެޓުގެ ދަރަނި ބޮޑެވެ.

މި އަހަރުގެ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެެމްއޭއާއި، އޮޑިޓާ ޖެނެރަލް އޮފީހުން ދިން ލަފާގައިވަނީ ބަޖެޓު ތައްޔާރުކުރުމުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ހިމަނާ ފައިސާގެ އަދަދަކީ އިތުބާރުކުރެވޭ ލިބޭނެކަން ޔަގީން އަދަދުތަކެއްކަން ކަށަވަރުކުރަން ސަރުކާރަށް ލަފާދީފައެވެ.

ދުނިޔެއާ ރާއްޖެއާ އޮންނަ ގުޅުން މިއިން ޒަމާނެއްގައި ބަދަހިނުވާ މިންވަރަށް ބަދަހިވެ، ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެފައިވާކަމަށް ސަރުކާރުން ދައުވާކުރި ނަމަވެސް ސަރުކާރުން ލިބޭނެކަމަށް އަންދާޒާކުރާ މިންވަރަށް ހިލޭ އެހީ ނުލިބެއެވެ.
މި ލިއުމާއި ގުޅޭ