Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ހަތް ދުވަހުން ބަޖެޓު ދަރަންޏަށް 1.1 ބިލިއަން!

އެއް ހަފުތާއިން ދައުލަތުގެ ބަޖެޓު ދަރަނި 1.1 ބިލިއަން ރުފިޔާއިން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކަށް ބަލާއިރު ފާއިތުވި އޭޕްރީލު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޖުމްލަ ބަޖެޓު ދަރަންޏަކީ 3.2 ބިލިއަން ރުފިޔާއެވެ. އޭގެ 7 ދުވަސްފަހުން ބަޖެޓުގެ ޖުމްލަ ދަރަނިވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެހެންކަމުން އެ މުއްދަތުގައި ދައުލަތުގެ ބަޖެޓު ދަރަންޏަށް 1.1 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އެއީ އެ މުއްދަތުގައި ފާއިތުވި ކޮންމެ ދުވަހަކަށް 160.1 ބިލިއަން ރުފިޔާއެވެ.

މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 27 އޭޕުރީލާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ލިބުނުއިރު އެ މުއްދަތުގައި 15.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 7.8 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޚަރަދުގެ ތެރެއިން 10.3 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދެވެ. ރިކަރަންޓު ޚަރަދުތައް އުނިކުރުމަށްފަހު އާމްދަނީން ބާކީވީ 141.4 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 2.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓުވަނީ 1.3 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މި ހިސާބުތަކަށް ބަލާއިރު، އޭޕުރީލު 27 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އިތުރަށް ޚަރަދުކޮށްފައިވާ 4.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނީ ދަރަންޏަށެވެ. އެއީ ފައިސާ ޗާޕުކޮށްގެން ނުވަތަ ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން ނުވަތަ ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެންނެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރަން އާންމުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރަން ނިންމިއިރު ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އިންތިޚާބާ ދިމާކޮށް ދައުލަތުގެ މުވައްޒަފުންގެ ތާއީދު ހޯދުމަށް ސަރުކާރުން އަންނަނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ