Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފޮރިން މިނިސްޓްރީ

ދިވެހިންނަށް ދެން ވިސާއާ ނުލާ ރުވާންޑާއަށް ދެވޭނެ

ދިވެހިރާއްޖެއާ ރުވާންޑާއާ ދެމެދުގައި ވިސާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ މިހާރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެ އަދި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވެސް ގުޅުން ބަދަހިވާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުކަމަށެވެ.

އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ރުވާންޑާ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ޤައުމުން ބޭރަށް އެހާ ގިނައިން ދަތުރުކުރާ ބައެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންވެސް ރުވާންޑާއަކަށް ދަތުރެއް ނުކުރެއެވެ.

އެފްރިކާގެ ޤައުމުތަކާއި ގުޅުން ބަދަހިކުރަން ރާއްޖެއިން ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ޤައުމުތަކުގެ ސަފީރުން ރާއްޖެއަށް ދައުވަތުދީގެން ގެނެސް އެކިއެކި ހަރަކާތްތައް ރާވާފައިވެއެވެ. އޭރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މިހާރު ސަރުކާރުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވަނީ އެބޭފުޅާ އޭރު މަސައްކަތް ކުރެއްވި ރާއްޖެޓީވީ މެދުވެރިކޮށް އެކަމަށް ފާޑުކިޔައި ލިޔުންތައް އާންމުކުރައްވާފައެވެ.

މިގޮތުން "ފަގީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން" ސަރުކާރުން ކުރަނީ ކީއްތޯ ސުވާލުކޮށް އެ ޤައުމުތަކާއި ގުޅޭ ގޮތުން ތާކުންތާކު ނުޖެހޭ ގިނަ ވާހަކަތައް އެބޭފުޅާ ލިޔުއްވިއެވެ.

މި ލިއުމާއި ގުޅޭ