Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ ފޯރިގަދަ ''ފަން ރަން'' މިއަދު ހަވީރު ކުޅުދުއްފުށީގައި ފަށަނީ

ރާއްޖޭގައި އެންމެ ކުލަގަދަކޮށް ބާއްވާ އުރީދޫގެ "ފަން ރަން" މިއަދު ހަވީރު ކުޅުދުއްފުށި ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެ ދުވުން ފަށާނީ މިއަދު ހަވީރު 4:30 ގައި ކުޅުދުއްފުށީ ރަހުމަތި ސަރަހައްދުންނެވެ. އެހެންވެ، ރަންގައި ބައިވެރިވާ ފަރާތްތަކުން ކުޅުދުއްދުފުށީ އެ ސަރަހައްދަށް މިއަދު 3:45 އަށް ދިއުމަށް، އުރީދޫއިން އެދެ އެވެ.
އުރީދޫއިން ބުނީ، 4:30 ގައި ދުވުން ފަށަން ރާވާފައިވި ނަމަވެސް، ދުވުމުގެ ކުރިން "ވާމް އަޕް" ކޮށްލުމަށް ކުޅުދުއްފުށި ސޯލްފިޓް ފިޓްނެސް ސެންޓަރުގެ ބައިވެރިންނާއެކު، ވާމް ސެޝަނެއް އޮންނާނެ ކަމަށެވެ. އެއަށް ފަހު، ދުވުން ފެށިގެން ދާނީ ރަންގެ ޝަރަފުވެރި މެމްބަރުންނާއި ދުވުންތެރިންނާއެކު، ނެގޭ ރަސްމީ ސެލްފީއަކަށް ފަހުގަ އެވެ.
ފަސް ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެ އެވެ.
އެގޮތުން ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، މަޖާ ހަރަކާތްތްތަކެއް ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ކުލަޖެހުމާއި "އިންފްލެޓަބަލް އޮބްސްޓެކްލްސް"ގެ އިތުރުން ރަން ނިންމާލުމުގެ ގޮތުން ފޯމް ޕާޓީއެއް ހިމެނެއެވެ.
ކޮންމެ ކިލޯމީޓަރެއް ނިމޭއިރު، އެކަން ފާހަގަކޮށް ހަރަކާތްތައް ކުރިއަށްދާ ސްޓޭޝަންތަކުގައި، އުރީދޫގެ ޓީމާއެކު، ކުޅުދުއްފުށީގެ ތިން ޖަމިއްޔާއެއް ކަމަށްވާ، ހިރަސްފުސް، ކޮރަލް ކްލަބް އަދި ޒިގްޒަގް ފޯ ޔޫތު ލިންކޭޖްއިން ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.
ދުވުން ނިންމާލުމަށްފަހު، މެޑަލް ޓެންޓާއި ބިބްއާއެކު އައުމުން، ދުވުން ފުރިހަމަ ކުރިކަމުގެ މެޑަލްއެއް ކޮންމެ ރަޖިސްޓާޑް ދުވުންތެރިއަކަށް ވެސް ލިބޭނެ އެވެ.
މިއަދު ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަން އަކީ، މާލެއިން ބޭރުގައި ބާއްވާ އެންމެ ކުލަދަގަދަ ހަރަކާތަށްވާއިރު، މި ރަންގައި ޖުމުލަ 2،500 ރަޖިސްޓާޑް ދުވުންތެރިން ބައިވެރިވާނެ ކަމަށް އުރީދޫން ބުނެ އެވެ. އޭގެ ތެރޭގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީގެ އިތުރުން މެނޭޖްމެންޓް ޓީމާއެކު، ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް އާއި ކައުންސިލްގެ މެމްބަރުން އިތުރުން ހދ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ލިއުމާއި ގުޅޭ