Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒަކަރިއްޔާ މަންސޫރު

ކައްދޫ އެއާޕޯޓުގެ ޗެއާމަން ކަމަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފި

ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުގެ ޗެއާމަން ކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ޒަކަރިއްޔާ މަންސޫރު އިއްޔެ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ކައްދޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި، ޗެއާމަން ކަމުގެ މަގާމަށް ޒަކަރިއްޔާ މަންސޫރު އައްޔަން ކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޗެއާމަނަކަށް ކުރިން ހުންނެވީ ހަސަން ޒަމީލް އެވެ.

އެއާއެކު ޒަކަރިއްޔާ މަންސޫރާއެކު މިހާރު ކައްދޫ އެއާޕޯޓު ބޯޑު މެންބަރުންގެ ގޮތުގައި ތިއްބަވާނީ އެ ކުންފުނީގެ އެމްޑީ ކާނަލް އިސްމާއީލް ނަސީރު އާއި، މުހައްމަދު އިއާދު ހަމީދާއި ހުސެއިން އަލީ އާއި އަހުމަދު ވަހީދާއި އާމިނަތު އަލީގެ އިތުރުން އަހުމަދު ޝިފާޒެވެ.

1984 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޒަކަރިއްޔާ ރިޓަޔާކުރެއްވީ 37 އަހަރުގެ ހިދުމަތަށް ފަހު 2021 ވަނަ އަހަރު އެވެ. އެންސީޓީސީގެ އިސްވެރިޔާގެ މަގާމަށް ޒަކަރިއްޔާ އައްޔަންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެވެ.
ޒަކަރިއްޔާ ވަނީ އެމެރިކާގެ ޑިފެންސް ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ސްޓްރެޓެޖިކް އެންޑް ސެކިއުރިޓީ ސްޓަޑީސް ހާސިލްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ