Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވާތީ ވެމްކޯގެ އެމްޑީ ސަސްޕެންޑުކޮށްފި

ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)އިން ތަހުގީގުކުރަމުންދާ އެ ކުންފުނީގެ އެތެރޭގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔޫސުފް ސިރާޖު ނުފޫޒު ފޯރުއްވާތީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އޭނާ ސަސްޕެންޑުކޮށްފިއެވެ.

ވެމްކޯގެ ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކުންފުނީގެ އެތެރޭގައި އޮންނަ އެފަދަ މައްސަލަތައް ބަލާ ކޮމިޓީން ތަހުގީގުކުރަނިކޮށް އެ މައްސަލައަށް ސިރާޖުގެ ފަރާތުން ނުފޫޒު ފޯރުވާފައިވާކަމަށް ޕީސީބީން ބުނެއެވެ.

އެ މައްސަލާގައި ޕީސީބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސިރާޖުގެ މަސްލަހަތެއް އޮތުމާއެކު އެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ކުންފުނީގެ ބޯޑުން ނިންމި ނަމަވެސް އެ ނިންމުމާ ސިރާޖު ޚިލާފުވެފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކުރާ ކޮމިޓީއަށް ބަދަލުތަކެއް ގެންނަވައި، ކޮމިޓީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ބޭފުޅާ އެ މަޤާމުން ވަކިކުރައްވައި އެހެން ބޭފުޅެއް އެ މަޤާމަށް ސިރާޖު ހަމަޖެއްސެވި ކަމަށެވެ.

އަދި ސިރާޖުގެ މިއަމަލުތަކަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ކޯޕަރޭޓު ގަނަވަނެންސްގެ ކޯޑާ ޚިލާފު ކަންކަން ކަމަށް ފާހަގަކޮށް ޕީސީބީން ބުނެފައިވަނީ އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ޕީސީބީން ސިރާޖު ސަސްޕެންޑުކުރަން ނިންމީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތުގައި ދެ ހަފުތާއަށް އޮފީހަށް ހާޒިރުނުވެވޭ ގޮތަށެވެ.

ވެމްކޯގެ ޑެޕިއުޑީ އެމްޑީގެ މަޤާމުގައި ހުންނަވަނިކޮށް އޭނާ އެ ކުންފުނީގެ އެމްޑީކަމަށް އައްޔަންކުރީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

މި ލިއުމާއި ގުޅޭ