Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިދޭސީ މަސައްކަތްތެރިން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގުމަށްފަހު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަނގަލަދޭޝްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ އުމުރުން 29 އަހަރުގެ ސައީދުލް އިސްލާމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ފުލުހުން ހާމަކުރިގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގިކަމަށެވެ. އެ އިދާރާއިން ބުނީ އޭނާ އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އެމީހާ ހާޒިރުވުމަށް އަންގާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 10:00 ޖަހާއިރަށް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ.

މި ލިއުމާއި ގުޅޭ