Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ރެޑްވޭވް ރޯދަ ސޭލް 2023 ގެ ނަސީބުވެރިން ހޮވައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 15 ފިހާރައިގައި 25 ޖެނުއަރީއިން ހަރޯދައިގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2023" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ނަސީބުވެރިން ހޮވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. ރެޑްވޭވްގެ ފޭސްބުކް ޕޭޖުން އެ އިވެންޓުވަނީ ވަގުތުން ދައްކާފައިވެއެވެ.
އެޕްރޮމޯޝަނުގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައިވާއިރު އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ.

މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމް ހައްޤުވާ 5 ފަރާތެއް ހޮވާފައިވާއިރު އެ ޕްރޮމޯޝަންގެ ދަށުން އެންމެ އަގުބޮޑު އިނާމް 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ ހޮވާފައެވެ.

އެ އިނާމްގެ ލިބުނީ އަހްމަދު (ކޫޕަން ނަމްބަރ: 0016422) އަށެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށްކަމަށެވެ.

މި ލިއުމާއި ގުޅޭ