ޗާގޯސް މައްސަލައާ ގުޅިގެން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖްލީހަށް ވައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން ޗާގޮސްއާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެމައްސަލައިގައި ޚިޔާލު އެއްގޮތް ހުރިހާ ސިޔާސީ ޕާޓީތަކާއެކު ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މި މައްސަލައިގައި އުޅުއްވި ބޭފުޅުން ޒިންމާދާރު ކުރުވަން ޖެހޭކަމަށެވެ.
އުޝާމް ވިދާޅުވީ މި މައްސަލައިގައި އުޅުއްވި އެންމެން މިކަމުގެ ޒިންމާ ގަން ޖެހޭނެ ކަމަށާއި އެމަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ.
އެޕްރެސްގައި ވާހަކަ ދައްކަވަމުން އުޝާމް އިތުރަށް ވިދާޅުވީ 1996 ވަނަ އަހަރު ފާސްކުރެވުނު ރާއްޖޭގެ ކަނޑުގެ ގާނޫނު ބުނާގޮތުން ރާއްޖޭގެ އީޒެޑްގެ ސަރަހައްދަކީ ދުއިސައްތަ ނޯޓިކަލް ކަމަށް ކަނޑަ އަޅާފައިވާއިރު, މިސަރުކާރުން ރާއްޖެއަށް 200 ނޯޓިކަލްމީޓަރު ނުލިބޭނެ ގަބޫލުކުރާނަމަ އެކަން އިސްލާހް ކުރަން ހުށަހަޅަން ޖެހޭނެކަމަށެވެ. ނަމަވެސް އެކަން ކުރަން މިސަރުކާރަކަށް ނުކެރޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން މިމައްސަލަ ވެސް ބަލަން ޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.