Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މޯދީގެ ޑޮކިއުމެންޓްރީއާ ގުޅިގެން ދިއްލީގެ ކޯޓަކަށް ހާޒިރުވާން ބީބީސީއަށް އަންގައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ގުޅޭ ގޮތުން ހިޔާލު ތަފާތުވާ ޑޮކިއުމެންޓްރީއެއް އުފެއްދި މައްސަލާގައި ބީޖޭޕީގެ ލީޑަރަކު އަބުރުގެ މައްސަލައެއް ހުށަހެޅުމުން ބްރޯޑްކާސްޓަރު ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އާއި ވިކިމީޑިއާ ފައުންޑޭޝަން އަދި އިންޓަނެޓް އާކައިވް އަށް ދިއްލީގެ ކޯޓަކުން ނޯޓިސް ފޮނުވައިފިއެވެ.
ބީޖޭޕީގެ ލީޑަރު ބިނޭ ކުމާރު ސިންގް ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ މޯދީއާ ގުޅޭ ބީބީސީ ޑޮކިއުމެންޓްރީ އާއި ކަނާތު ފިޔައިގެ ޖަމިއްޔާތައް ކަމަށްވާ އާރްއެސްއެސް އާއި ވީއެޗްޕީއާ ގުޅޭ އެހެނިހެން ތަކެތި ޝާއިއު ކުރުން ހުއްޓުވުމުގެ އަމުރަކަށެވެ.
އެމައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވާން އެންގީ ރޯހިނީ ކޯޓުންނެވެ. އެކޯޓުން ފޮނުވި ޗިޓްގައި ބުނެފައިވަނީ ކޯޓަށް ހާޒިރުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލިޔުމުން ބަޔާން ހުށަހެޅުމަށާއި، އެންޑޯސްމަންޓް ދިނުމަށާއި، އަދި މިމަހުގެ 11 ވަނަ ދުވަހަށް ޝަރީއަތްތައް ތާވަލު ކުރެވިފައިވާ ކަމަށެވެ.
އަދި އާރްއެސްއެސް އާއި ވީއެޗްޕީއާ ދެކޮޅަށް ޑޮކިއުމެންޓްރީގައި ދައްކާފައިވާ ކޮންޓެންޓަކީ ނުބައި މަގްސަދެއްގައި ކޮށްފައިވާ ކޮންޓެންޓެއް ކަމަށާއި އެއީ ޖަމިއްޔާތަކާއި އެ ޖަމިއްޔާގެ މަސައްކަތްތެރިންގެ އަބުރު ކަތިލުމުގެ މަގުސަދުގައި ކޮށްފައިވާ ކޮންޓެންޓެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފަ އެވެ.
2002 ވަނަ އަހަރުގެ ގުޖުރާތު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ބީބީސީގެ ޑޮކިއުމެންޓްރީއެއް އެ ކެމްޕަހުގައި ސްކްރީން ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެންއެސްޔޫއައިގެ ލީޑަރަކު އެއް އަހަރަށް ސަސްޕެންޑް ކުރުމަށް ދިއްލީ ޔުނިވާސިޓީން ނެރުނު އަމުރު ދިއްލީ ކޯޓުން ބާތިލްކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
ފަނޑިޔާރު ޕުރުޝައިންދްރާ ކުމާރު ކައުރަވް ވިދާޅުވީ ޕީއެޗްޑީ ސްކޮލަރ އަދި އެންއެސްޔޫއައިގެ ނޭޝަނަލް ސެކްރެޓަރީ ލޮކޭޝް ޗުގްއާ މެދު ފިޔަވަޅު އެޅީ އަދުލު އިންސާފުގެ އުސޫލާ ހިލާފަށް ކަމަށާއި އެ އަމުރުގައި އިދާރީ އޮތޯރިޓީން ސަބަބުތައް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން 2021 ވަނަ އަހަރު ނެރުނު "ދަ ބެޓްލް ފޯ އިންޑިއާސް ސޯލް" ޑޮކިއުމެންޓްރީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޭނާގެ ކަނާތު ފިޔައިގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސިޔާސީ ކުރިއެރުން ދެނެގަތެވެ. މި ޑޮކިއުމެންޓްރީއާ ގުޅިގެން އިންޑިއާގައި ގިނަ ބައެއްގެ ފާޑުކިއުންތައް އުފެދުނުއިރު، ބީބީސީން އެ ގައުމުގެ ލީޑަރާ ބެހޭ ގޮތުން ނެގެޓިވް ނެރޭޓިވްއެއް ޕްރޮމޯޓްކޮށް، އެ ކަމާ މެދު ނުރަނގަޅު ތަޞައްވުރެއް ފަތުރަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ އެ ޑޮކިއުމެންޓްރީގެ ސައްހަކަމާއި އިންސާފުވެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ޑޮކިއުމެންޓްރީ މަނާކުރަން ވެސް ގޮވާލައިފަ އެވެ. މި މައްސަލަތަކާއެކުވެސް ބީބީސީން ވަނީ މި ޑޮކިއުމެންޓްރީ ދިފާއުކޮށްފައެވެ. ބީބީސީން އެ ޑޮކިޔުމެންޓްރީ ސިފަކުރީ އިންޑިއާގެ ޑިމޮކްރަސީ އާއި އިޖުތިމާއީ ފޭރާމަށް އަސަރުކުރާ މުހިންމު ކަންކަމަށް އަލިއަޅުވާލާ، އިންސާފުވެރި އަދި ރަނގަޅަށް ދިރާސާކޮށްފައިވާ ނޫސްވެރިކަމެއްގެ ގޮތުގަ އެވެ.
މި ލިއުމާއި ގުޅޭ