Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ފުއްގިރި މައްސަލަ: ހެކިތަކުގެ އިސްތިއުނާފު އަންނަ އާދިއްތަ ދުވަހު ފަށަނީ

ރ.ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

އެ މައްސާލަގައި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނޭހެން ދައުލަތުގެ ގިނަ ޝަފަހީ ހެކިތަކެއް ބަލައި ނުގަތުމަށެވެ. އަދި ތަހުގީގު ބަޔާންތަކާއި ލޮގްތަކެއް ހޯދަންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވެއެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ އެ ނިންމުންތައް ބަލައިގަނެފައި ނުވާތީ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވިއެވެ. ނަމަވެސް ހައިކޯޓުން ވެސް އެ މައްސަލާގައި ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

ހައި ކޯޓުގެ އެ ނިންމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެޕްރީލް 25, ގަ އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކޯޓުން ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ 12:45 އަށެވެ.

ހެކިތަކާ ގުޅޭ މައްސަލަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށާއިރު، އެ ދުވަހު ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބާއްވާން ވެސް ހަމަޖެހިފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާކޮށްފައި ވަނީ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށެވެ.
އެ ދައުވާތަކާ ގުޅޭ ހެކިތަކާ ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އޭގެ ތެރޭގައި އެ ދެ ފަރާތުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހިމެނެ އެވެ. ހައި ކޯޓުން އެ މައްސަލާގައި ވެސް ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ނިންމާފައިވާއިރު އެ ނިންމުންތައް ވެސް ދިފާއުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ