Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޔާމީންގެ ޝަރީއަތްތަކާ ގުޅޭ ކަންބޮޑުވުންތަކާއެކު އިދިކޮޅުން ބޭރުގެ ސަފީރުންގެ އަރިހަށް

އިދކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކުރުމަށް، އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުން ކޮލަމްބޯއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

މިއަދު ކޮލަމްބޯއަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

އިދިކޮޅުން ބުނި ގޮތުގައި އެ ދަތުރުގައި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، ރ. އާރަށް މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ހައިކޯޓުގައި ތާވަލް ނުކުރާތީ، އެމަނިކުފާނަށް ލިބެންޖެހޭ އެތައް ހައްގުތަކަކުން މަހްރޫމްވަމުންދާ މައްސަލަ ހިއްސާކުރާނެ އެވެ.

މިދިޔަ މޭޑޭއާ ގުޅުވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުން، ރައީސް ޔާމީނާއި ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާ ކަމަށް ބުނެ، އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަކަށް ވާތީ އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ، ރައީސް ޔާމީނަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވާއިރު އެމަނިކުފާނު ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް، ސިޔާސީ ބޭނުމަކަށް ޖަލަށް ލައިގެން މި ސަރުކާރުން ގަސްތުގައި އަނިޔާ ދެމުންދާ މައްސަލައިގެ ކަންބޮޑުވުން ވެސް ބޭރުގެ ސަފީރުންނާ ހިއްސާ ކުރާނެ ކަމަށެވެ.

އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު މައްސަލަ ބަލައިގަތް ފަހުން މަހެއްހާ ދުވަސްވީ އިރު އަދިވެސް އަޑުއެހުމެއް ތާވަލް ނުކުރާތީ އިދިކޮޅު ލީޑާޝިޕުން އިއްޔެ ވަނީ ހައިކޯޓަށްވެސް ގޮސްފަ އެވެ.
މި ލިއުމާއި ގުޅޭ