ހދ. ނޮޅިވަރަމްގައި ގުރުއާން ހިތުދަސްކުރާ ކުދިންނަށް 50،000 ރުފިޔާ ދޭން އެ ރަށުގައި ހިންގާ އޭއާރުޔޫ ޓިއުޝަން ސެންޓަރުން ނިންމައިފިއެވެ.
އެކަމާއި ގުޅިގެން އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނީ ފަސް އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލުކުރާ ކޮންމެ ކުއްޖަކަށް އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ދޭން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ނަންނޯޓު ކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭއާރުޔޫ ޓިއުޝަން ސެންޓަރުން ބުނިގޮތުގައި އެ ޕްރޮގްރާމްގެ މަގްސަދަކީ ޤުރުއާން ހިތުދަސް ގިނަ ކުދިންތަކެއް އެ ރަށުގައި އުފެއްދުމެވެ.